މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 މެނޭޖަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ހިއުމަންރިސޯސް އެންޑް އެޑްމިން ޑިޕާޓްމެންޓް /މިފްކޯ ހެޑް އޮފީސް

ބޭސިކް މުސާރަ

10500.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސާވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60
  • ސެޓްފިކެޓް އެލަވަންސް: ޑިޕްލޮމާއަށް ބޭސިކް މުސާރައިގެ %20 ، ބެޗްލާރސް ޑިގްރީ ބޭސިކް މުސާރައިގެ %40 ލިބިދެވޭނެއެވެ.
  • ފުޑް އެލަވަންސް: ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ

ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ލެވެލް ނުވަތަ އެއަށްވުރެ މަތިން ކޯހެއް ހާސިލްކޮށްފައިވުން. އަދި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނީގެ ޑިޕާރޓްމަންޓްތަކުން އިންޓާނަލް ކޮންސަމްޕްޝަން އަށް ބޭނުންވާތަކެއްޗަށް އެދި ފޮނުވާ އިންޓާނަލް ޕާރޗޭޒް ރިކުއިޒިޝަންތައް ބަލައިގަނެ އެއާއި އެއްގޮތްވާގޮތުގެ މަތީން މުދާހޯދުމަށް ޕްރޮކިއުމެންޓަށް ޕާރޗޭޒް ރިކުއިޒިޝަންތައް ފޮނުވާތޯބަލައި މެނޭޖްކުރުން.
  • ކުންފުނީގެ ހުރިހާ އިމާރާތް ތަކާއި އިމާރާތްތަކުގެ މެއިންޓެނަންސް ކަންތައް ބެލެހެއްޓުމާއި އެއަރކަންޑިޝަންތައް ސަރވިސްކޮށް އަދި އޮފީސް ސާފުކުރުމުގެ ކަންތައް ކުރިޔަށްދަނީ ރަގަޅަށްތޯ ބަލައި ސްޕަރވައިޒްކުރުން.
  • ކުންފުނީގެ ހައިބަތު ހިފެހެއްޓުމާއެކު ނުގެއްލޭނޭގޮތުން ރިސެޕްޝަންގެ ޚިދުމަތްތައް ބައްޓަންކޮށް ތަރައްޤީކުރުން.
  • ކުންންފުނީގެ ހުރިހާ ޑިޕާރޓްމަންޓް އަދި އައުޓްލެޓްތަކުގެ ލިޔެކިޔުންތަކުގެ ފައިލްތައް ބެލެހެއްޓުމުގެ އިންތިޒާމުކުރުން، އަދި ނައްތާލަންޖެހޭ ތަކެތި ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ނައްތާލުން.
  • ކުންފުނީގެ ޢިމާރާތްތަކުގެ ނަންބޯޑުތައް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • މުނާސަބަތުތަކާ ގުޅިގެން ކުންފުނީގެ ޢިމާރާތްތަކާއި ތަންތަން ހަމަޖެހިފައިވާ މިންގަނޑު ތަކުގައި ޒީނަތްތެރިކުރުން.
  • ސައިޓްތަކުން ޑޮކްޓަރަށް ދައްކަން އަންނަ މުވައްޒަފުން ޑޮކްޓަރަށް ދައްކައި އަދި ނިމުމުން ސައިޓްތަކަށް އެމުވައްޒަފުން ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ކުންފުނީގެ މުވައްޒަފުންގެ ބިޒްނަސް ކާޑް ހެދުން.
  • ކުންފުނީގެ ބިޒްނަސް ވިސާގައި އަންނަ މެހެމާނުންގެ ބިޒްނަސް ވިސާ ހެއްދުމާއި އެމީހުންގެ އެއަރޕޯޓުން ރިސީވްކުރުން އަދި އެކޮމޮޑޭޝަން ހަމަޖެއްސުމަށް ޙަވާލުވެފައި ހުންނަ މުވައްޒަފަކުލައްވައި ކުރުވުން.
  • ކުންފުނީގެ މުވައްޒަފުންގެ އެކަމަޑޭޝަންގެ ކަންތައްތައް ދަނީ ރަނގަޅައްތޯ ބަލައި އިސްލާހުކުރުން.
  • ކުންފުނީގެ ވެރިންގެ ދަތުރުތަކުގައި ފުރުވުމާއި ރިސީވް ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ކުންފުނީގެ ބޭނުމަށް ސައިޓްތަކަށް ދަތުރުކުރާ މީހުންގެ ދަތުރުގެ އެންމެހާ ކަންތައް އިންޒާމް ކުރުން.
  • ހެޑްއޮފީހާއި އެހެނިހެން ތަންތާގެ ފަރުނީޗަރ، ފޮޓޯކޮޕީ މެޝިން، އެއަރކަންޑިޝަން ފަދަ ތަކެއްޗަށް ދިމާވާ މައްސަލަ ޙައްލުކުރުން. އަދި އެހެނިހެން އެސެޓްތަކުގެ ކަންތައް ބެލެހެއްޓުން.
  • ބިލްޑިންގ އަދި ވެހިކަލް އިންޝުއަރެންސް އަދިވެސް ކުރަންޖެހޭ އެންމެހައި އިންޝުއަރެންސް ކުރުން.
  • އެސެޓްސް ނީލަންކިޔުމާއި ނައްތާލުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ހުށަހަޅާ ޕްރެޒެންޓޭޝަން.

ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

-          އިންޓަރވިއު -------------%20

-          ޕްރެޒެންޓޭޝަން------------%30

-          ތަޢުލީމީ ފެންވަރު----------%20

-          މަސައްކަތުގެ ތަޖްރިބާ------%30

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 27 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

21 ސެޕްޓެންބަރު 2022
ހޯދާ