މަޤާމު
|
މެނޭޖަރ
|
ބޭނުންވާ ޢަދަދު
|
1 ( އެކެއް )
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް (1 އަހަރު ދުވަހަށް)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހިއުމަންރިސޯސް އެންޑް އެޑްމިން ޑިޕާޓްމެންޓް /މިފްކޯ ހެޑް އޮފީސް
|
ބޭސިކް މުސާރަ
|
10500.00 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ސާވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60
- ސެޓްފިކެޓް އެލަވަންސް: ޑިޕްލޮމާއަށް ބޭސިކް މުސާރައިގެ %20 ، ބެޗްލާރސް ޑިގްރީ ބޭސިކް މުސާރައިގެ %40 ލިބިދެވޭނެއެވެ.
- ފުޑް އެލަވަންސް: ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ
|
ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ލެވެލް ނުވަތަ އެއަށްވުރެ މަތިން ކޯހެއް ހާސިލްކޮށްފައިވުން. އަދި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ކުންފުނީގެ ޑިޕާރޓްމަންޓްތަކުން އިންޓާނަލް ކޮންސަމްޕްޝަން އަށް ބޭނުންވާތަކެއްޗަށް އެދި ފޮނުވާ އިންޓާނަލް ޕާރޗޭޒް ރިކުއިޒިޝަންތައް ބަލައިގަނެ އެއާއި އެއްގޮތްވާގޮތުގެ މަތީން މުދާހޯދުމަށް ޕްރޮކިއުމެންޓަށް ޕާރޗޭޒް ރިކުއިޒިޝަންތައް ފޮނުވާތޯބަލައި މެނޭޖްކުރުން.
- ކުންފުނީގެ ހުރިހާ އިމާރާތް ތަކާއި އިމާރާތްތަކުގެ މެއިންޓެނަންސް ކަންތައް ބެލެހެއްޓުމާއި އެއަރކަންޑިޝަންތައް ސަރވިސްކޮށް އަދި އޮފީސް ސާފުކުރުމުގެ ކަންތައް ކުރިޔަށްދަނީ ރަގަޅަށްތޯ ބަލައި ސްޕަރވައިޒްކުރުން.
- ކުންފުނީގެ ހައިބަތު ހިފެހެއްޓުމާއެކު ނުގެއްލޭނޭގޮތުން ރިސެޕްޝަންގެ ޚިދުމަތްތައް ބައްޓަންކޮށް ތަރައްޤީކުރުން.
- ކުންންފުނީގެ ހުރިހާ ޑިޕާރޓްމަންޓް އަދި އައުޓްލެޓްތަކުގެ ލިޔެކިޔުންތަކުގެ ފައިލްތައް ބެލެހެއްޓުމުގެ އިންތިޒާމުކުރުން، އަދި ނައްތާލަންޖެހޭ ތަކެތި ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ނައްތާލުން.
- ކުންފުނީގެ ޢިމާރާތްތަކުގެ ނަންބޯޑުތައް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- މުނާސަބަތުތަކާ ގުޅިގެން ކުންފުނީގެ ޢިމާރާތްތަކާއި ތަންތަން ހަމަޖެހިފައިވާ މިންގަނޑު ތަކުގައި ޒީނަތްތެރިކުރުން.
- ސައިޓްތަކުން ޑޮކްޓަރަށް ދައްކަން އަންނަ މުވައްޒަފުން ޑޮކްޓަރަށް ދައްކައި އަދި ނިމުމުން ސައިޓްތަކަށް އެމުވައްޒަފުން ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
- ކުންފުނީގެ މުވައްޒަފުންގެ ބިޒްނަސް ކާޑް ހެދުން.
- ކުންފުނީގެ ބިޒްނަސް ވިސާގައި އަންނަ މެހެމާނުންގެ ބިޒްނަސް ވިސާ ހެއްދުމާއި އެމީހުންގެ އެއަރޕޯޓުން ރިސީވްކުރުން އަދި އެކޮމޮޑޭޝަން ހަމަޖެއްސުމަށް ޙަވާލުވެފައި ހުންނަ މުވައްޒަފަކުލައްވައި ކުރުވުން.
- ކުންފުނީގެ މުވައްޒަފުންގެ އެކަމަޑޭޝަންގެ ކަންތައްތައް ދަނީ ރަނގަޅައްތޯ ބަލައި އިސްލާހުކުރުން.
- ކުންފުނީގެ ވެރިންގެ ދަތުރުތަކުގައި ފުރުވުމާއި ރިސީވް ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
- ކުންފުނީގެ ބޭނުމަށް ސައިޓްތަކަށް ދަތުރުކުރާ މީހުންގެ ދަތުރުގެ އެންމެހާ ކަންތައް އިންޒާމް ކުރުން.
- ހެޑްއޮފީހާއި އެހެނިހެން ތަންތާގެ ފަރުނީޗަރ، ފޮޓޯކޮޕީ މެޝިން، އެއަރކަންޑިޝަން ފަދަ ތަކެއްޗަށް ދިމާވާ މައްސަލަ ޙައްލުކުރުން. އަދި އެހެނިހެން އެސެޓްތަކުގެ ކަންތައް ބެލެހެއްޓުން.
- ބިލްޑިންގ އަދި ވެހިކަލް އިންޝުއަރެންސް އަދިވެސް ކުރަންޖެހޭ އެންމެހައި އިންޝުއަރެންސް ކުރުން.
- އެސެޓްސް ނީލަންކިޔުމާއި ނައްތާލުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ހުށަހަޅާ ޕްރެޒެންޓޭޝަން.
ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ
|
- އިންޓަރވިއު -------------%20
- ޕްރެޒެންޓޭޝަން------------%30
- ތަޢުލީމީ ފެންވަރު----------%20
- މަސައްކަތުގެ ތަޖްރިބާ------%30
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
ބ- ޕޮލިސްރިޕޯޓް.
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ
އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 27 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|
|