މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
''ބިންވެރިޔާ'' ސްކީމް އަދި ''ގެދޮރުވެރިޔާ'' ސްކީމުން ގޯއްޗާއި، ފުލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަށް ބަދަލު ގެނައުމާގުޅޭ

އިޢުލާން

''ބިންވެރިޔާ'' ސްކީމް އަދި ''ގެދޮރުވެރިޔާ'' ސްކީމުން ގޯއްޗާއި، ފުލެޓަށް އެދި  ހުށަހެޅުމުގެ ސުންގަޑިއަށް ބަދަލުގެނައުމާގުޅޭ 

 

މި މިނިސްޓްރީގެ ނަންބަރު (IUL)471-HDS3/471/2022/154 (27 ޖޫން 2022) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

އުސޫލު ނަންބަރު:2022/G-19 ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް 15 ސެޕްޓެންބަރ 2022 ވަނަ ދުވަހު ގެނައި 1 ވަނަ އިސްލާޙު (އުސޫލު ނަންބަރު:(2022/G-34  އާއި ގުޅިގެން  ''ބިންވެރިޔާ'' ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯއްޗަށާއި ''ގެދޮރުވެރިޔާ'' ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް، އެދުމަށްޓަކައި ''ގެދޮރުވެރިން ޕޯޓަލް'' (https://gedhoruverin.gov.mv) މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މުއްދަތު، 15 އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހުގެ ރޭ 12:00 ގެ ނިޔަލަށް އިތުރު ކޮށްފީމެވެ.   

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

20 ސެޕްޓެންބަރު 2022
ހޯދާ