ދިވެހިރާއްޖެ
އިޢުލާން
''ބިންވެރިޔާ'' ސްކީމް އަދި ''ގެދޮރުވެރިޔާ'' ސްކީމުން ގޯއްޗާއި، ފުލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަށް ބަދަލުގެނައުމާގުޅޭ
މި މިނިސްޓްރީގެ ނަންބަރު (IUL)471-HDS3/471/2022/154 (27 ޖޫން 2022) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
އުސޫލު ނަންބަރު:2022/G-19 ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް 15 ސެޕްޓެންބަރ 2022 ވަނަ ދުވަހު ގެނައި 1 ވަނަ އިސްލާޙު (އުސޫލު ނަންބަރު:(2022/G-34 އާއި ގުޅިގެން ''ބިންވެރިޔާ'' ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯއްޗަށާއި ''ގެދޮރުވެރިޔާ'' ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް، އެދުމަށްޓަކައި ''ގެދޮރުވެރިން ޕޯޓަލް'' (https://gedhoruverin.gov.mv) މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މުއްދަތު، 15 އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހުގެ ރޭ 12:00 ގެ ނިޔަލަށް އިތުރު ކޮށްފީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.