މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސޫލު ނަންބަރު: 34- ޖީ/2022 ، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް 1 ވަނަ އިސްލާޙު ގެނައުމާއިގުޅޭ

އިޢުލާން

 

އުސޫލު ނަންބަރު: 34- ޖީ/2022 ، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން  ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް 1 ވަނަ އިސްލާޙު ގެނައުމާއިގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)471-HDS3/471/2022/154 (27 ޖޫން 2022) އިޢުލާނާއިއެކު ޝާއިޢުކުރެވިފައިވާ 2022/G-19 ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު) ގެ 11  ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާޙްކޮށް ގެޒެޓް ކޮށްފީމެވެ.

11 (ހ) "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ މީހުންނެވެ. ނަމަވެސް، އެމީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއްކަމަށްވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅައިފައިވާ ޤަވައިދެއްގެ ސަބަބުން ނުވަތަ އުޞޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީވެފައި ވާނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އުޞޫލަށް ގެނައި އިސްލާހުގެ ލިންކް: https://gazette.gov.mv/gazette/6505

 

 

15 ސެޕްޓެންބަރު 2022
ހޯދާ