މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
|
މުސާރަ: 4465.00 ރުފިޔާ
|
ސާރވިސް އެލަވަންސް: 1500.00 ރުފިޔާ
|
ރޭންކް: ޖީ.އެސް 3
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު: 1
|
މުއްދަތު: 31 ޑިސެންބަރު 2014 ގެ ނިޔަލަށް
|
މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެމަރުކަޒު / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާލެ
|
ޝަރުޠު:
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- އޮފީހަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި ކަމާގުޅޭ ފަރާތްތަކާ ގުޅުވައިދިނުން
- ސެކްޝަންތަކުން ކުރާ މަސައްކަތްތަކުގެ އެންމެފަހުގެ ތަފުސީލު ހޯދައި މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން
- އޮފީހަށް އަންނަ ލިޔެކިޔުންތައް ބަލައިގަތުމާއި ކަމާބެހޭ ސެކްޝަންތަކާ ހަވާލުކުރުން
- އޮފީހަށް ލިބޭ ހުރިހާ އެންޓްރީއެއް ބެލެހެއްޓުމާއި ސިޓީތަކަށް ދުވަހުން ދުވަހަށް ޖަވާބުދިނުން
- ކައުންޓަރުގެ ފައިލްތައް ބެލެހެއްޓުމާއި އަޕްޑޭޓް ކުރުން
- ތަޅުދަނޑި ފޮށި ބެލެހެއްޓުމާއި ތަޅުދަނޑިތައް ގަވާއިދުގެ ދަށުން ދޫކުރުން
- ބޭރަށް ދާ ނޯޓުކުރާ ފޮތް ބެލެހެއްޓުމާއި އިތުރުގަޑީގައި މުވައްޒަފުންގެ ގަޑި ޖަހައިދިނުމާއި ބޭރަށްދާ މުވައްޒަފު ނިމިގެން އައުމުން ނުވަތަ އިތުރުގަޑީގައި ޗެކްކޮށް ސޮއިކުރުން
|
މަޤާމުގެ ނަން: އޮފީސް އެސިސްޓެންޓް (ވަގުތީ)
|
މުސާރަ: 3470.00 ރުފިޔާ
|
ސާރވިސް އެލަވަންސް: 1000.00 ރުފިޔާ
|
ރޭންކް: އެސް.އެސް 2
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
ބޭނުންވާ އަދަދު: 1
|
މުއްދަތު: 31 ޑިސެންބަރު 2014ގެ ނިޔަލަށް
|
މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެމަރުކަޒު / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / މާލެ
|
ޝަރުޠު:
1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- އޮފީހުން ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ހަވާލު ކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން
- އޮފީހުގެ ތަކެތި ގަތުމަށްޓަކައި ބޭނުންވާ ކޯޓޭޝަންތައް ހޯދުން
- އޮފީހަށް ބޭނުންވާ ތަކެއްޗާއި މުދާ ނެގުމަށް ބޭނުންވާ ޚިދުމަތަށް އެދޭ ފޯމު މިނިސްޓްރީއާ ހަވާލުކޮށް ޕީއޯ ފޯމު ހޯދުން
- އޮފީހަށް ގެންނަންޖެހޭ މުދާ ނަގާ، ސްޓޮކާ ހަވާލުވެފައިހުރި މުވައްޒަފާ ހަވާލުކުރުން
- އޮފީސް ހުޅުވުމާއި ޑިއުޓީތަކަށް ގަވާދުން ނިކުތުން
|
މަޤާމުގެ ނަން: މަސައްކަތު (ވަގުތީ)
|
މުސާރަ: 3100.00 ރުފިޔާ
|
ސާރވިސް އެލަވަންސް: 1000.00 ރުފިޔާ
|
ރޭންކް: އެސް.އެސް 1
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
|
ބޭނުންވާ އަދަދު: 1
|
މުއްދަތު: 31 ޑިސެންބަރު 2014ގެ ނިޔަލަށް
|
މަސައްކަތް ކުރަންޖެހޭ ގަޑި: ޝިފްޓް ޑިއުޓީ
|
މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެމަރުކަޒު / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / މާލެ
|
ޝަރުޠު:
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- މަރުކަޒުގެ ގޯތިތެރޭގައި ކުނި ނުހުންނާނޭހެން އަބަދުވެސް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން
- އިންޑޯހޯލް، ކުޅިވަރުހަރުގެ، ޗޭންޖިންގރޫމް، އާހަރުގޭގައި ހިރަފުސް ނުހުންނާނޭހެން ދުވާލަކު 1 ފަހަރު ކުނިކަހައި ފޮޅައި ސާފުކުރުން
- އިންޑޯހޯލުގައި ބޭނުންކުރާ ތުވާލިތައް ދޮވެ ސާފުކުރުމާއި މޮޕްތައް ތައްޔާރުކުރުން
- ޖިމް، އެރޮބިކްސްގައި ބޭނުންކުރާ މެޓްތައް ދޮވެ އަވީލުމާއި އެރޮބިކްސް ފްލޯ ހަފްތާއަކު އެއްފަހަރު ދޮވުން
- އައުޓްޑޯ ނެޓްބޯޅަ ކޯޓު ހިމެނޭ ސަރަޙައްދާއި، ފުޓުބޯޅަ ދަނޑު ހިމެނޭ ސަރަޙައްދު ދުވާލަކު 1 ފަހަރު ކުނިކަހައި ސާފުކުރުމާއި، ހަފްތާއަކު 1 ފަހަރު ފުޓުބޯޅަ ދަނޑުގައި ހުންނަ ގާތަށް ހޮވައި ސާފުކުރުން
- ސްޓީމްބާތާއި ބަދިގެ ފޮޅައި ސާފުކުރުމާއި، ފާޚާނާތައް ހަޑިވިޔަނުދީ ދޮވެ ސާފުކޮށް ބެލެހެއްޓުން
- ބާއްވާ އެކިއެކި މީޓިންގތަކަށް ސައި ހެދުމުގައި އެހީތެރިކަން ދިނުން
- މަރުކަޒުގެ ފަރާތުން ރާވައި ހިންގާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަން ކާމިޔާބު ކަމަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން
|
ނޯޓް:
- އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި އޮފީސް އެސިސްޓެންޓާއި މަސައްކަތުގެ މަޤާމަށް ޝަރުޠުހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
- މި މަޤާމުތަކުގެ އިންޓަރވިއު އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ.
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ).
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށޤ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
- ސުންގަޑި: 05 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ވެބްސައިޓް އެޑްރެސް www.youth.gov.mv
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް
|