ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2014/281
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 05 ނޮވެންބަރު 2014 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ:  4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:    އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2014 ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެމަރުކަޒު / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާލެ 

ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. އޮފީހަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި ކަމާގުޅޭ ފަރާތްތަކާ ގުޅުވައިދިނުން
  2. ސެކްޝަންތަކުން ކުރާ މަސައްކަތްތަކުގެ އެންމެފަހުގެ ތަފުސީލު ހޯދައި މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން
  3. އޮފީހަށް އަންނަ ލިޔެކިޔުންތައް ބަލައިގަތުމާއި ކަމާބެހޭ ސެކްޝަންތަކާ ހަވާލުކުރުން
  4. އޮފީހަށް ލިބޭ ހުރިހާ އެންޓްރީއެއް ބެލެހެއްޓުމާއި ސިޓީތަކަށް ދުވަހުން ދުވަހަށް ޖަވާބުދިނުން
  5. ކައުންޓަރުގެ ފައިލްތައް ބެލެހެއްޓުމާއި އަޕްޑޭޓް ކުރުން
  6. ތަޅުދަނޑި ފޮށި ބެލެހެއްޓުމާއި ތަޅުދަނޑިތައް ގަވާއިދުގެ ދަށުން ދޫކުރުން
  7. ބޭރަށް ދާ ނޯޓުކުރާ ފޮތް ބެލެހެއްޓުމާއި އިތުރުގަޑީގައި މުވައްޒަފުންގެ ގަޑި ޖަހައިދިނުމާއި ބޭރަށްދާ މުވައްޒަފު ނިމިގެން އައުމުން ނުވަތަ އިތުރުގަޑީގައި ޗެކްކޮށް ސޮއިކުރުން

މަޤާމުގެ ނަން: އޮފީސް އެސިސްޓެންޓް (ވަގުތީ)

މުސާރަ:  3470.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ރޭންކް: އެސް.އެސް 2

ކްލެސިފިކޭޝަން:    ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2014ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެމަރުކަޒު / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / މާލެ

ޝަރުޠު:

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. އޮފީހުން ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ހަވާލު ކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން
  2. އޮފީހުގެ ތަކެތި ގަތުމަށްޓަކައި ބޭނުންވާ ކޯޓޭޝަންތައް ހޯދުން
  3. އޮފީހަށް ބޭނުންވާ ތަކެއްޗާއި މުދާ ނެގުމަށް ބޭނުންވާ ޚިދުމަތަށް އެދޭ ފޯމު މިނިސްޓްރީއާ ހަވާލުކޮށް ޕީއޯ ފޯމު ހޯދުން
  4. އޮފީހަށް ގެންނަންޖެހޭ މުދާ ނަގާ، ސްޓޮކާ ހަވާލުވެފައިހުރި މުވައްޒަފާ ހަވާލުކުރުން
  5. އޮފީސް ހުޅުވުމާއި ޑިއުޓީތަކަށް ގަވާދުން ނިކުތުން

މަޤާމުގެ ނަން: މަސައްކަތު (ވަގުތީ)

މުސާރަ:  3100.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން:    ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2014ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ގަޑި: ޝިފްޓް ޑިއުޓީ

މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެމަރުކަޒު / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / މާލެ

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މަރުކަޒުގެ ގޯތިތެރޭގައި ކުނި ނުހުންނާނޭހެން އަބަދުވެސް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން
  2. އިންޑޯހޯލް، ކުޅިވަރުހަރުގެ، ޗޭންޖިންގރޫމް، އާހަރުގޭގައި ހިރަފުސް ނުހުންނާނޭހެން ދުވާލަކު 1 ފަހަރު ކުނިކަހައި ފޮޅައި ސާފުކުރުން
  3. އިންޑޯހޯލުގައި ބޭނުންކުރާ ތުވާލިތައް ދޮވެ ސާފުކުރުމާއި މޮޕްތައް ތައްޔާރުކުރުން
  4. ޖިމް، އެރޮބިކްސްގައި ބޭނުންކުރާ މެޓްތައް ދޮވެ އަވީލުމާއި އެރޮބިކްސް ފްލޯ ހަފްތާއަކު އެއްފަހަރު ދޮވުން
  5. އައުޓްޑޯ ނެޓްބޯޅަ ކޯޓު ހިމެނޭ ސަރަޙައްދާއި، ފުޓުބޯޅަ ދަނޑު ހިމެނޭ ސަރަޙައްދު ދުވާލަކު 1 ފަހަރު ކުނިކަހައި ސާފުކުރުމާއި، ހަފްތާއަކު 1 ފަހަރު ފުޓުބޯޅަ ދަނޑުގައި ހުންނަ ގާތަށް ހޮވައި ސާފުކުރުން
  6. ސްޓީމްބާތާއި ބަދިގެ ފޮޅައި ސާފުކުރުމާއި، ފާޚާނާތައް ހަޑިވިޔަނުދީ ދޮވެ ސާފުކޮށް ބެލެހެއްޓުން
  7. ބާއްވާ އެކިއެކި މީޓިންގތަކަށް ސައި ހެދުމުގައި އެހީތެރިކަން ދިނުން
  8. މަރުކަޒުގެ ފަރާތުން ރާވައި ހިންގާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަން ކާމިޔާބު ކަމަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން

ނޯޓް:

-  އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި އޮފީސް އެސިސްޓެންޓާއި މަސައްކަތުގެ މަޤާމަށް ޝަރުޠުހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމުތަކުގެ އިންޓަރވިއު އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށޤ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 05 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014