ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
ނަންބަރު: 182-REG/CIR/2022/4
އެލާރޓް
Tadalafil އަދި Sildenafilހިމެނޭ މާމުއި އާއި ގުޅޭ
ސެކްޝްއަލް އެންހޭންސްމެންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަންއަށް ބޭނުންކުރާ ޑޮކްޓަރީ ބޭހެއްކަމަށްވާ Tadalafil އަދި Sildenafilހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަން މިއޮތޯރިޓީއަށް ވަނީ ފާހަގަ ވެފައެވެ. މި އެލާރޓާއިއެކު ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ އުފެއްދުންތަކަކީ ފުރޯޑުކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމުގައި ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) އިން ވަނީ އެލާރޓް ކޮއްފައެވެ.
ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
މިކަމާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅުއްވުން އެދެމެވެ.
މި ބޭސް އެކުލެވޭ ކަމަށް ޔޫއެސް އެފްޑީއޭ އިން އެލާރޓް ކޮއްފައިވާ މާމުއިގެ ތެރެއިން ރާއްޖެއަށް އެރެތެކޮށް ބޭނުންކުރަމުންދާ އުފެއްދުންތަކުގެ ފޮޓޯ މި އެލާރޓާއެކު ހީރަސް ކުރެވިފައިވާނެއެވެ.