ޢާންމު މަޢުލޫމާތު
ނަންބަރު: 182-REG/CIR/2022/4
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 19 ސެޕްޓެންބަރު 2022 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
Tadalafil އަދި Sildenafil ހިމެނޭ މާމުއި އާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                                    

 މިނިސްޓްރީ އޮފް ހެލްތް

 މާލެ، ދިވެހިރާއްޖެ   

ނަންބަރު: 182-REG/CIR/2022/4

 

އެލާރޓް

                                

Tadalafil އަދި Sildenafilހިމެނޭ މާމުއި އާއި ގުޅޭ

 

            ސެކްޝްއަލް އެންހޭންސްމެންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަންއަށް ބޭނުންކުރާ ޑޮކްޓަރީ ބޭހެއްކަމަށްވާ Tadalafil އަދި  Sildenafilހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަން މިއޮތޯރިޓީއަށް ވަނީ ފާހަގަ ވެފައެވެ. މި އެލާރޓާއިއެކު ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ އުފެއްދުންތަކަކީ ފުރޯޑުކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމުގައި ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) އިން ވަނީ އެލާރޓް ކޮއްފައެވެ.

 

            ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

 

            މިކަމާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅުއްވުން އެދެމެވެ.

 

            މި ބޭސް އެކުލެވޭ ކަމަށް ޔޫއެސް އެފްޑީއޭ އިން އެލާރޓް ކޮއްފައިވާ މާމުއިގެ ތެރެއިން ރާއްޖެއަށް އެރެތެކޮށް ބޭނުންކުރަމުންދާ އުފެއްދުންތަކުގެ ފޮޓޯ މި އެލާރޓާއެކު ހީރަސް ކުރެވިފައިވާނެއެވެ. 

12 ސެޕްޓެންބަރު 2022