ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)23-AP/1/2014/154) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް އަލުން އިޢުލާން ކުރަމެވެ.
- 4 އަންޑަރ – ކައުންޓަރ ރެފްރިޖިރޭޓަރ
- 1 އަންޑަރ – ކައުންޓަރ ފްރީޖަރ
- 20 ސަރޖިކަލް ގްލަވްސް (ސްމޯލް)
- 20 ސަރޖިކަލް ގްލަވްސް (މީޑިއަމް)
- 9 ކަފަރޯލް (ބޮޑު)
- 26 ކޮޓަން ސުވަބްސް (ޕެކެޓް)
- 30 ސްޕްރިޓް (ފުޅި 500ML)
- 45 ސަރޖިކަލް ހޭންޑްވޮޝް (ފުޅި)
- 7 މާސްކް (ސްމޯލް، ފޮށި)
- 7 މާސްކް (މީޑިއަމް، ފޮށި)
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 އޮކްޓޫބަރު 2014 ދުވަހުގެ މެންދުރުފަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ނޮވެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
29 ޛުލްޙިއްޖާ 1435