ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-AP/1/2014/207
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 27 އޮކްޓޫބަރު 2014 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ތަކެތި ގަތުމަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)23-AP/1/2014/154) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް އަލުން އިޢުލާން ކުރަމެވެ.

  • 4 އަންޑަރ – ކައުންޓަރ ރެފްރިޖިރޭޓަރ
  • 1 އަންޑަރ – ކައުންޓަރ ފްރީޖަރ
  • 20 ސަރޖިކަލް ގްލަވްސް (ސްމޯލް)
  • 20 ސަރޖިކަލް ގްލަވްސް (މީޑިއަމް)
  • 9 ކަފަރޯލް (ބޮޑު)
  • 26 ކޮޓަން ސުވަބްސް (ޕެކެޓް)
  • 30 ސްޕްރިޓް (ފުޅި 500ML)
  • 45 ސަރޖިކަލް ހޭންޑްވޮޝް (ފުޅި)
  • 7 މާސްކް (ސްމޯލް، ފޮށި)
  • 7 މާސްކް (މީޑިއަމް، ފޮށި)

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 އޮކްޓޫބަރު 2014 ދުވަހުގެ މެންދުރުފަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ނޮވެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ޛުލްޙިއްޖާ 1435

21 އޮކްޓޫބަރު 2014