ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ 39 ވަނަ ފެތުމުގެ މުބާރާތުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު

އެސްޓީއޯ ނޫފަހި، ޤައުމީ 39 ވަނަ ފެތުމުގެ މުބާރާތުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު

އެސްޓީއޯ ނޫފަހި، ޤައުމީ 39 ވަނަ ފެތުމުގެ މުބާރާތުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ. 

މުބާރާތް އޮންނާނެ ތާރީޚު: 2014 ނޮވެންބަރު 16 ން 22 އަށް.

މުބާރާތް އޮންނާނެ ތަން: މާލޭ ސްވިމިންގ ޓްރެކް.

މިމުބާރާތުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތަކުން މިއެސޯސިއޭޝަނުން ހިންގާ ރިފްރެޝަރ ޕްރޮގްރާމުގައި ބައިވެރިވުމަކީ މަޖުބޫރުކަމެކެވެ. 

ރިފްރެޝަރ ޕްރޮގްރާމުގެ މުއްދަތު: 3 - 5 ދުވަސް

ރިފްރެޝަރ ޕްރޮގްރާމް ހިންގުމަށް ކަނޑައެޅިފައިވާ ތާރީޚު: 2014 ނޮވެންބަރު 9 އާއި 14 އާ ދެމެދު

މިމުބާރާތުގައި އޮފިޝިއޭޓް ކުރާ ފަރާރްތަކަށް ހަމަޖެހިފައިވާ އުސޫލުން ޖީބު ފައިސާ ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއެސޯސިއޭޝަނުގެ ވެބްސަޓްގައިވާ (www.swimming.org.mv) އޮންލައިން ފޯމު 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ފުރިހަމަ ކުރެއްވުމަށްފަހު ސަބްމިޓްކުރެއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު ޑައިރެކްޓް ލިންކް: goo.gl/v3sfmW

21 އޮކްޓޫބަރު 2014

     

21 އޮކްޓޫބަރު 2014
ހޯދާ