ދިވެހިރާއްޖެ
އެސްޓީއޯ ނޫފަހި، ޤައުމީ 39 ވަނަ ފެތުމުގެ މުބާރާތުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު
އެސްޓީއޯ ނޫފަހި، ޤައުމީ 39 ވަނަ ފެތުމުގެ މުބާރާތުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މުބާރާތް އޮންނާނެ ތާރީޚު: 2014 ނޮވެންބަރު 16 ން 22 އަށް.
މުބާރާތް އޮންނާނެ ތަން: މާލޭ ސްވިމިންގ ޓްރެކް.
މިމުބާރާތުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތަކުން މިއެސޯސިއޭޝަނުން ހިންގާ ރިފްރެޝަރ ޕްރޮގްރާމުގައި ބައިވެރިވުމަކީ މަޖުބޫރުކަމެކެވެ.
ރިފްރެޝަރ ޕްރޮގްރާމުގެ މުއްދަތު: 3 - 5 ދުވަސް
ރިފްރެޝަރ ޕްރޮގްރާމް ހިންގުމަށް ކަނޑައެޅިފައިވާ ތާރީޚު: 2014 ނޮވެންބަރު 9 އާއި 14 އާ ދެމެދު
މިމުބާރާތުގައި އޮފިޝިއޭޓް ކުރާ ފަރާރްތަކަށް ހަމަޖެހިފައިވާ އުސޫލުން ޖީބު ފައިސާ ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއެސޯސިއޭޝަނުގެ ވެބްސަޓްގައިވާ (www.swimming.org.mv) އޮންލައިން ފޯމު 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ފުރިހަމަ ކުރެއްވުމަށްފަހު ސަބްމިޓްކުރެއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު ޑައިރެކްޓް ލިންކް: goo.gl/v3sfmW
21 އޮކްޓޫބަރު 2014