ދިވެހިރާއްޖެ
އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު |
ނަންބަރު:(IUL)195-C/1/2022/20 |
|
ތާރީޚް: 31 އޮގަސްޓް 2022 |
||
މަޤާމު |
އިސް ޤާޟީ |
|
މި މަޤާމަކީ ފެމިލީ ކޯޓަށް ޢައްޔަންކުރެވިފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. |
||
މުސާރަޔާއި އިނާޔަތްތައް |
||
އަސާސީ މުސާރަ (މަހަކު) |
31,000.00 ރުފިޔާ |
|
ލިވިންގ އެލަވަންސް (މަހަކު) |
15,000.00 ރުފިޔާ |
|
ރިސްކް އެލަވަންސް (މަހަކު) |
1,375.00 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް |
ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
ފޯނު އެލަވަންސް |
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
ޝަރުތު |
މި މަގާމަށް ކުރިމަތިލާ ފަރާތަކީ ފެމިލީ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށްވުން. |
|
އިސް ޤާޟީކަމަށް އެދި ހުށަހެޅުން |
ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ޝަޢުޤުވެރިވާނަމަ، ސުންގަޑީގެ ކުރިން ސިޓީއަކުން އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުން. |
|
ސުންގަޑި |
2022 ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން އެކަން މިކޮމިޝަނުގެ ރަސްމީ އީމެއިލް ([email protected]) ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެއެވެ. |
|
ގަވާއިދު |
މި އިޢުލާންގައިވާ ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓު www.jsc.gov.mv އިން ލިބޭނެއެވެ. |
|
މަޢުލޫމަތު ސާފުކުރުން |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. |