ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-C/1/2022/20
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 11 ސެޕްޓެންބަރު 2022 14:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު

  އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ނަންބަރު:(IUL)195-C/1/2022/20

ތާރީޚް: 31 އޮގަސްޓް 2022

މަޤާމު

އިސް ޤާޟީ

މި މަޤާމަކީ ފެމިލީ ކޯޓަށް ޢައްޔަންކުރެވިފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

މުސާރަޔާއި އިނާޔަތްތައް

އަސާސީ މުސާރަ (މަހަކު)

31,000.00 ރުފިޔާ

ލިވިންގ އެލަވަންސް (މަހަކު)

15,000.00 ރުފިޔާ

ރިސްކް އެލަވަންސް (މަހަކު)

1,375.00 ރުފިޔާ

މެޑިކަލް އިންޝުއަރެންސް

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން  ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ފޯނު އެލަވަންސް

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުތު

މި މަގާމަށް ކުރިމަތިލާ ފަރާތަކީ ފެމިލީ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށްވުން.

އިސް ޤާޟީކަމަށް އެދި ހުށަހެޅުން

ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ޝަޢުޤުވެރިވާނަމަ، ސުންގަޑީގެ ކުރިން ސިޓީއަކުން އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުން.

ސުންގަޑި

2022 ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން އެކަން މިކޮމިޝަނުގެ ރަސްމީ އީމެއިލް ([email protected]) ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެއެވެ.

ގަވާއިދު

މި އިޢުލާންގައިވާ ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓު www.jsc.gov.mv އިން ލިބޭނެއެވެ.

މަޢުލޫމަތު ސާފުކުރުން

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.

31 އޮގަސްޓް 2022