ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯރމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް، ކުރިން ކުރެވުނު އިޢުލާން ނަންބަރު: GS132/2022/06 ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން:
މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ، އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލައި ، ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫން ނަމްބަރ: 2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން ( ޤާނޫން ނަމްބަރ: 2014/19 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 29 އޮގަސްޓް 2022 ން 01 ސެޕްޓެމްބަރ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ފޯން 6600315 ނަންބަރަށް ގުޅައިގެން ނުވަތަ ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލްކޮށްގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާގުޅޭ އެއްވެސް ސުވާލެއްވާނަމަ، 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ (ނަމްބަރު 6) އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެ ތާރީޚަކީ 04 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގައި ކެންދޫ ސުކޫލްގައެވެ. ( މިބައްދަލުވުމަށް ވަޑައިނުގަނެވެސް ބީލަން ހުށައެޅިދާނެއެވެ.) ބައްދަލުވުން ބޭއްވޭނެގޮތް ނަންނޯޓް ކުރި ފަރާތްތަކަށް ފަހުން އެންގޭނެކަމުގައި ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނެ ތާރީޚަކީ 07 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00 ގައި ކެންދޫ ސުކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ކެންދޫ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ކެންދޫ ސްކޫލް، ބ. ކެންދޫ / ދިވެހިރާއްޖެ
ފޯން: 6600315
އީމެއިލް: [email protected]
29 އޮގަސްޓް 2022
ހޯދާ