މަސައްކަތް
ނަންބަރު: GS132/2021/14
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 07 ސެޕްޓެންބަރު 2022 10:00
ކެންދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯރމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް، ކުރިން ކުރެވުނު އިޢުލާން ނަންބަރު: GS132/2022/06 ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން:

             މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ، އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލައި ، ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫން ނަމްބަރ: 2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން ( ޤާނޫން ނަމްބަރ: 2014/19 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 29 އޮގަސްޓް 2022 ން 01 ސެޕްޓެމްބަރ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ފޯން 6600315 ނަންބަރަށް ގުޅައިގެން ނުވަތަ ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލްކޮށްގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މި ޕްރޮޖެކްޓާގުޅޭ އެއްވެސް ސުވާލެއްވާނަމަ، 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ (ނަމްބަރު 6) އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.   
  3. މި ޕްރޮޖެކްޓާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެ ތާރީޚަކީ 04 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގައި  ކެންދޫ ސުކޫލްގައެވެ. ( މިބައްދަލުވުމަށް ވަޑައިނުގަނެވެސް ބީލަން ހުށައެޅިދާނެއެވެ.) ބައްދަލުވުން ބޭއްވޭނެގޮތް ނަންނޯޓް ކުރި ފަރާތްތަކަށް ފަހުން އެންގޭނެކަމުގައި ދަންނަވަމެވެ.
  4. ބީލަން ހުޅުވުން އޮންނާނެ ތާރީޚަކީ 07 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00 ގައި ކެންދޫ ސުކޫލްގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ކެންދޫ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

            ކެންދޫ ސްކޫލް، ބ. ކެންދޫ / ދިވެހިރާއްޖެ

            ފޯން: 6600315

           އީމެއިލް: [email protected]

29 އޮގަސްޓް 2022