ދިވެހިރާއްޖެ
ހދ.އަތޮޅު ކައުންސިލްގެ ފަރާތުން ހދ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް މިއަހަރު އޮކްޓޫބަރު މަހު ބޭއްވުމަށްޓަކައި، މިމުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1- މިފުރުޞަތު ހުޅުވާލެވިފައިވަނީ، ހދ. އަތޮޅުގެ ސިޓީ/ރަށު ކައުންސިލް އިދާރާތަކަށާއި ރަޖިސްޓްރީކޮށްގެން ހދ. އަތޮޅުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ؛ ވިޔަފާރި، ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ.
2- ރަޖިސްޓްރީކުރުން އޮންނާނީ 28 އޮގަސްޓް 2022 ފެށިގެން 06 ސެޕްޓެންބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށެވެ. މި މުބާރާތް ހޯސްޓްކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މުއްދަތުގައި މި އިދާރާގެ ކައުންޓަރުގައި ނުވަތަ ނަންބަރު 6521633 އާއި ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
3- އިޢުލާނާއި ގުޅިގެން ދެވޭ އެންމެހައި މަޢުލޫމާތުތައް ރަޖިސްޓްރީކުރެއްވުމުން އީ.މެއިލް މެދުވެރިކޮށް މަޢުލޫމާތުތައް ލިބިލައްވާނެއެވެ.
4- މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 04 ސެޕްޓެންބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގައެވެ.
5- ޕްރޮޕޯސަލްތައް ހުށަހެޅުން އޮންނާނީ 08 ސެޕްޓެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ހޯސްޓް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6528801 ، 6521633
އީމެއިލް: [email protected]
01 ޞަފަރު 1444
28 އޮގަސްޓް 2022