މަސައްކަތް
ނަންބަރު: (IUL)226-A/PRIV/2022/16
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 08 ސެޕްޓެންބަރު 2022 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް ހޯސްޓްކުރާނެ ފަރާތެއް ހޯދުން

ހދ.އަތޮޅު ކައުންސިލްގެ ފަރާތުން ހދ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް މިއަހަރު އޮކްޓޫބަރު މަހު ބޭއްވުމަށްޓަކައި، މިމުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1-    މިފުރުޞަތު ހުޅުވާލެވިފައިވަނީ، ހދ. އަތޮޅުގެ ސިޓީ/ރަށު ކައުންސިލް އިދާރާތަކަށާއި ރަޖިސްޓްރީކޮށްގެން ހދ. އަތޮޅުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ؛ ވިޔަފާރި، ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ.

2-    ރަޖިސްޓްރީކުރުން އޮންނާނީ 28 އޮގަސްޓް 2022 ފެށިގެން 06 ސެޕްޓެންބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށެވެ. މި މުބާރާތް ހޯސްޓްކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މުއްދަތުގައި މި އިދާރާގެ ކައުންޓަރުގައި ނުވަތަ ނަންބަރު 6521633 އާއި ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

3-    އިޢުލާނާއި ގުޅިގެން ދެވޭ އެންމެހައި މަޢުލޫމާތުތައް ރަޖިސްޓްރީކުރެއްވުމުން އީ.މެއިލް މެދުވެރިކޮށް މަޢުލޫމާތުތައް ލިބިލައްވާނެއެވެ.

4-    މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 04 ސެޕްޓެންބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގައެވެ.

5-    ޕްރޮޕޯސަލްތައް ހުށަހެޅުން އޮންނާނީ 08 ސެޕްޓެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ހޯސްޓް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

6-    އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6528801 ، 6521633

އީމެއިލް: [email protected]

01 ޞަފަރު 1444

28 އޮގަސްޓް 2022

28 އޮގަސްޓް 2022