ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
- ވިޔަފާރި އުސޫލުން 2022 ނޮވެމްބަރ 01 އިން 2023 އޮކްޓޯބަރ ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެގޮތައް ސިޓީއެއް ފޮނުވަންވާނެއެވެ. އަދި ނަން ނޯޓް ނުކުރާ ފަރާތް ތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަދަންނަވަމެވެ.
- މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 އޮގަސްޓް 31،30 މި ދެ ދުވަހުގެ ހެދުނު 8.00 ން 12.00 އަށް މި މަދަރުސާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޮގަސްޓް 31 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ސެޕްޓެމްބަރ 01 ވާ ބްރާސްފަތި ދުވަހުގެ 11.00 ގައި ގއ. އަތޮޅުމަދަރުސާގައި އޮންނާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 2022 ސެޕްޓެމްބަރ 12 ވާ ހޯމަ ދުވަހު 11:00 ގައި މި މަދަރުސާގެ އިދާރާގައެވެ.
- މި ޕްރޮޖްކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގއ.އަތޮޅުމަދަރުސާ / ގއ.ކޮލަމާފުށި
-ފޯނުނަމްބަރ: 7983072 - އީމެއިލް އެޑްރެސް: [email protected]
25 އޮގަސްޓް 2022
ހޯދާ