ބީލަން
ނަންބަރު: GS29/2022/05
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 12 ސެޕްޓެންބަރު 2022 11:00
ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

  1.  ވިޔަފާރި އުސޫލުން 2022 ނޮވެމްބަރ 01 އިން 2023 އޮކްޓޯބަރ ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެގޮތައް ސިޓީއެއް ފޮނުވަންވާނެއެވެ. އަދި ނަން ނޯޓް ނުކުރާ ފަރާތް ތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަދަންނަވަމެވެ.
  2. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 އޮގަސްޓް 31،30 މި ދެ ދުވަހުގެ ހެދުނު 8.00 ން 12.00 އަށް މި މަދަރުސާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޮގަސްޓް 31 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  4. މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ސެޕްޓެމްބަރ 01  ވާ ބްރާސްފަތި ދުވަހުގެ 11.00 ގައި ގއ. އަތޮޅުމަދަރުސާގައި އޮންނާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2022 ސެޕްޓެމްބަރ 12 ވާ ހޯމަ ދުވަހު 11:00  ގައި މި މަދަރުސާގެ އިދާރާގައެވެ.
  6. މި ޕްރޮޖްކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ނަން ނޯޓް  ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅުމަދަރުސާ / ގއ.ކޮލަމާފުށި

-ފޯނުނަމްބަރ: 7983072 -                    އީމެއިލް އެޑްރެސް: [email protected]

 

                       

25 އޮގަސްޓް 2022