ދިވެހިރާއްޖެ
"ކުރެންދޫ ތަރި ޤުރުއާން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
މިކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ " ކުރެންދޫ ތަރި 1444" ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 18 އޮގަސްޓް 2022ން 08 ސެޕްޓެމްބަރ 2022ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.
1- މުބާރާތް ހުޅުވާލެވިފައިވާ ފަރާތްތައް:
މިމުބާރާތުގައި ބައިވެރިވެވޭނީ ކުރެންދޫގެ ރަށްވެހީންގެ ތެރެއިން" ކުރެންދޫ ތަރި " މުބާރާތުގައި ބައިވެރިވެ 01 ވަނައަށް ގޮސްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށެވެ.
2- މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް:
ފުރަތަމަ ބުރު |
ދެވަނަ ބުރު |
ތިންވަނަ ބުރު |
ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ތަޖްވީދުގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.
|
ތަރުޖަމާ ކިޔުމާއި، ނުބަލައި ކިޔެވުމާއި، އުލޫމުލް ޤުރުއާންގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.
|
ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ތަޖްވީދުގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.
|
|
|
|
3- މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް:
25 ޑިސެބަރ 2022ން 29 ޑިސެމްބަރ 2022ގެ ނިޔަލަށް މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރަތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން " ކުރެންދޫ ތަރި 1444" ޤުރުއާން މުބާރާތުގައި ބައިވެރި ވުމަށް އެދޭފޯމް ފުރިހަމަކޮށް ސުންގަޑީގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ.