ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-RM/328/2022/44
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި:
08 ސެޕްޓެންބަރު 2022 14:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުރެންދޫ ތަރި ޤުރުއާން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
މިކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ " ކުރެންދޫ ތަރި 1444" ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 18 އޮގަސްޓް 2022ން 08 ސެޕްޓެމްބަރ 2022ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.
1- މުބާރާތް ހުޅުވާލެވިފައިވާ ފަރާތްތައް:
މިމުބާރާތުގައި ބައިވެރިވެވޭނީ ކުރެންދޫގެ ރަށްވެހީންގެ ތެރެއިން" ކުރެންދޫ ތަރި " މުބާރާތުގައި ބައިވެރިވެ 01 ވަނައަށް ގޮސްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށެވެ.
2- މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް:
ފުރަތަމަ ބުރު
|
ދެވަނަ ބުރު
|
ތިންވަނަ ބުރު
|
ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ތަޖްވީދުގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.
- ބަލައިގެން ކިޔެވުމުގައި ސުވާލު ކުރެވޭނީ ބައިވެރިޔަކު އިޚްތިޔާރު ކުރާ ކޮޅަކުން (ފެށޭކޮޅުން 3 ފޮތް، ނިމޭކޮޅުން 3 ފޮތް) 3 ފޮތުންނެވެ.
- ނުބަލައި ކިޔެވުމުގެ ބައިން ސުވާލު ކުރެވޭނީ 29 އަދި 30 ވަނަ ފޮތުންނެވެ.
- ބަލައިގެން ކިޔެވުމުގެ ބައިން 2 ސުވާލު އަދި ހިތުން ކިޔެވުމުގެ ބައިން 2 ސުވާލު ކުރެވޭނެއެވެ.
|
ތަރުޖަމާ ކިޔުމާއި، ނުބަލައި ކިޔެވުމާއި، އުލޫމުލް ޤުރުއާންގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.
- ނުބަލައި ކިޔެވުމުގެ ބައިން ސުވާލު ކުރެވޭނީ 29 އަދި 30 ވަނަ ފޮތުންނެވެ.
- ނުބަލާ ކިޔެވުމުގެ ބައިން ކުރެވޭނީ 2 ސުވާލެވެ.
|
ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ތަޖްވީދުގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.
- ބަލައިގެން ކިޔެވުމުގައި ބައިވެރިން ކިޔަވަންޖެހޭނީ ދަސްކޮށްފައިވާ ރާގުތަކުގެ ތެރެއިން އެ ބައިވެރިޔަކު އިޚްތިޔާރު ކުރާ ރާގެއްގައެވެ.( ދަސްކުރަންޖެހޭ ރާގުތައް އިދާރާގެ ފަރާތުން ބައިވެރިންނަށް ދެވޭނެއެވެ. )
- ބަލައިގެން ކިޔެވުމުގައި ސުވާލު ކުރެވޭނީ ބައިވެރިޔަކު އިޚްތިޔާރު ކުރާ ކޮޅަކުން (ފެށޭކޮޅުން 3 ފޮތް، ނިމޭކޮޅުން 3 ފޮތް) 3 ފޮތުންނެވެ.
- ބަލައިގެން ކިޔެވުމުގެ ބައިން 2 ސުވާލު އަދި ހިތުން ކިޔެވުމުގެ ބައިން 2 ސުވާލު ކުރެވޭނެއެވެ.
- ތަޖްވީދުގެ ބައިން 5 ސުވާލު ކުރެވޭނެއެވެ.
- ތަޖްވީދުގެ ބައިން ސުވާލު ކުރެވޭނީ އަކުރު ތަކުގެ މަޚްރަޖުގެ ބައިންނެވެ.
- ތަރުޖާމާ ކިޔުމުގައި ކިޔާނީ ގުރުއަތުން އެ ބައިވެރިޔަކަށް ނެގޭ ތަރުޖަމާ އެކެވެ.
- ނުބަލައި ކިޔެވުމުގެ ބައިން ސުވާލު ކުރެވޭނީ 29 އަދި 30 ވަނަ ފޮތުންނެވެ.
|
|
|
|
|
- އުލޫމުލް ޤުރުއާންގެ ބައިގައި 10 ސުވާލު ކުރެވޭނެއެވެ.
- ތަޖްވީދުގެ ބައިން ސުވާލު ކުރެވޭނީ މަޚްރަޖްތަކާއި، ނޫނު ސުކުނާއި ތަންވީނުގެ އިތުރުން މީމު ސުކުނުގެ ބައިތަކުންނެވެ. މި ބައިތަކުން 2 މިނެޓް ތެރޭގައި 20 ސުވާލުކުރެވޭނެއެވެ.
|
|
3- މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް:
25 ޑިސެބަރ 2022ން 29 ޑިސެމްބަރ 2022ގެ ނިޔަލަށް މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރަތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން " ކުރެންދޫ ތަރި 1444" ޤުރުއާން މުބާރާތުގައި ބައިވެރި ވުމަށް އެދޭފޯމް ފުރިހަމަކޮށް ސުންގަޑީގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ.