ދިވެހިރާއްޖެ
އިޢުލާން |
ވަޒީފާގެ ފުރުޞަތު |
މަޤާމު: ރޭންކް: |
ޕްރޮޖެކްޓް އޮފިސަރ އެމް.އެސް 2 |
ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
އޮފީސް / އިދާރާ: ޔުނިޓް: |
ހިންނަވަރު ކައުންސިލް އިދާރާ މުނިސިޕަލް ސަރވިސް |
ވަޒީފާއަދާކުރަން ޖެހޭ ތަން: މުސާރަ: |
ހިންނަވަރު ކައުންސިލް އިދާރާ 6,295.00 ރުފިޔާ |
ސަރވިސް އެލެވަންސް: |
2,000.00 ރުފިޔާ |
ބޭނުންވާ ޢަދަދު: | 01 |
މަގާމުގެ ޝަރުތުތައް: |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ގޯއްޗަށް އެދޭފަރާތްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން. 2- ދިރިއުޅުމަށް ގޯތި ދޫކުރުމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ކަންތައް. 3- ލޭންޑްޔޫސް ޕްލޭނާއި އެއްގޮތްވާގޮތުމެމަތިން ރަށުން ބިން ދޫކުރުމާބެހޭ ކަންތައްތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ބެލެހެއްޓުމާ އެކަންކަމާބެހޭ މުޢާމަލާތްތަކުގެ ރިކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން. 4- ބިން ބޭނުންކުރުމާއިބެހޭގޮތުން ހަދަންޖެހޭ ޕްރޮޖެކްޓްތައްހެދުމާއި އެ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވެދިނުން. 5- އެއްބުރިއަށްވުރެ އުސްކޮށް ޢިމާރާތްކުރުމުގެ ހުއްދަ ދިނުމާބެހޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމާއި ހުއްދަ ދޫކުރުމާއި ހުއްދަދޫކުރާ ފަރާތްތަކުން ޢިމާރާތްކުރަމުންދާގޮތްބެލުމާއި ގަވާއިދާ ޚިލާފަށް ޢިމާރާތްކުރަމުންދާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމާއި އެކަންކަމާބެހޭ ރިކޯޑު ބެލެހެއްޓުން. 6- އުޅަނދުފަހަރަށް ދޫކުރަންޖެހޭ ސާފުތާހިރުކަމުގެ ލައިސަންސް ދޫކުރުމާބެހޭ އެންމެހާ ކަންތައްތަކާއި ކަނޑުގައިދުއްވާ އުޅަނދުފަހަރު ސާރވޭކުރުމާއިބެހޭ ކަންތައްތައް. 7- ފިހާރަތަކާ ހޮޓާތަކާ ރެސްޓޯރަންޓްތަކާ ކެފޭތަކާ ގެސްޓްހައުސްތަކާ ޢާންމު މާރުކޭޓްފަދަ ތަންތަން ޤާނޫނާ ގަވާއިދާ އެއްގޮތަށް ހުރޭތޯބެލުމާއި ގަވާއިދާ ޚިލާފަށް ހުރުމުން އިޞްލާޙީ ފިޔަވަޅުއަޅަންޖެހޭ ތަންތަނާއިމެދު އިޞްލާޙީ ފިޔަވަޅުއެޅުން. 8- މަސްމާރުކޭޓްފަދަ ކައުންސިލްގެ ބެލުމުގެދަށުން ޚިދުމަތްދޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާ ޕާކްފަދަ ޢާންމު ތަންތަނަށް ނަންދިނުމާ ނަން ބަދަލުކުރުންފަދަ ކަންތައްތައް. 9- އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީއާ ސަލާމަތީ ސެޓްފިކެޓާއި ލައިސަންސާއިބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި ހަމަޖެހިފައިވާ އުޞޫލާއިއެއްގޮތަށް ޓެސްޓް ދިނުމުގެކަންތައްތައްކުރުމާއި ބަލަހައްޓަންޖެހޭ ރިކޯޑުތައް ބެލެހެއްޓުން. 10- ރައްކާތެރިގޮތުގައި ކުނި ނައްތާލުމާއިބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން. 11- ދިރިއުޅުމަށާއި މިނޫންވެސް އެކި ބޭނުންތަކަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިގޯއްޗާ ބިންބިމާ ގުޅޭ މަގުތަކާ އެތަންތަނާ އިންވެގެންވާ ސަރަޙައްދުތައް ސާފުތާހިރުކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 12- ފެނާ ނަރުދަމާއާ ކަރަންޓްގެ ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތްދިނުމުގައި ރައްޔިތުންނަށް ދަތިވާކަންތައްތައް ބަލައި އެކަންތައްތަކާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަމާބެހޭ އެންމެހާ ކަންތައްތައް. 13- ވަކި ގޭބިސީގެ ގޮތުގައި ހިމެނޭ ފަރާތްތަކުގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. 14- މަގުމަގާ ގޭގެއަށްކިޔާ ނަން ފާސްކުރުމާ ގޭގޭގައި ނަންބޯޑު ބެހެއްޓުމާބެހޭ ކަންތައްތައް. 15- ގޯތިގޯތީގެ އިމުން ބޭރުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމާ އެފަދަ ތަކެތި ބަހައްޓާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުއެޅުން. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ތަޢުލީމާއި ތަމްރީނު 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި ތަޖުރިބާ |
އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު: |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
26 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިންނަވަރު ކައުންސިލް އިދާރާއަށް |
އުޖޫރައާއި އިނާޔަތްތައް: |
ސިވިލް ސަރވިސް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6620301) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6620301) އެވެ.އީ މެއިލް ކުރައްވާނީ ([email protected]) އަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޛުލްޙިއްޖާ 1435