ވަޒީފާގެ ފުރުޞަތު
ނަންބަރު: 326-CA-HR/2014/08
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 16:56
ސުންގަޑި: 26 އޮކްޓޫބަރު 2014 12:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ރޭންކް:

ޕްރޮޖެކްޓް އޮފިސަރ

އެމް.އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ:

ޔުނިޓް:

ހިންނަވަރު ކައުންސިލް އިދާރާ

މުނިސިޕަލް ސަރވިސް

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

ހިންނަވަރު ކައުންސިލް އިދާރާ

6,295.00 ރުފިޔާ

ސަރވިސް އެލެވަންސް:

2,000.00 ރުފިޔާ

ބޭނުންވާ ޢަދަދު: 01
މަގާމުގެ ޝަރުތުތައް:
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުންނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް:

1. ގޯއްޗަށް އެދޭފަރާތްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.

2- ދިރިއުޅުމަށް ގޯތި ދޫކުރުމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ކަންތައް.

3- ލޭންޑްޔޫސް ޕްލޭނާއި އެއްގޮތްވާގޮތުމެމަތިން ރަށުން ބިން ދޫކުރުމާބެހޭ ކަންތައްތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ބެލެހެއްޓުމާ އެކަންކަމާބެހޭ މުޢާމަލާތްތަކުގެ ރިކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން.

4- ބިން ބޭނުންކުރުމާއިބެހޭގޮތުން ހަދަންޖެހޭ ޕްރޮޖެކްޓްތައްހެދުމާއި އެ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވެދިނުން.

5- އެއްބުރިއަށްވުރެ އުސްކޮށް ޢިމާރާތްކުރުމުގެ ހުއްދަ ދިނުމާބެހޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމާއި ހުއްދަ ދޫކުރުމާއި ހުއްދަދޫކުރާ ފަރާތްތަކުން ޢިމާރާތްކުރަމުންދާގޮތްބެލުމާއި ގަވާއިދާ ޚިލާފަށް ޢިމާރާތްކުރަމުންދާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމާއި އެކަންކަމާބެހޭ ރިކޯޑު ބެލެހެއްޓުން.

6- އުޅަނދުފަހަރަށް ދޫކުރަންޖެހޭ ސާފުތާހިރުކަމުގެ ލައިސަންސް ދޫކުރުމާބެހޭ އެންމެހާ ކަންތައްތަކާއި ކަނޑުގައިދުއްވާ އުޅަނދުފަހަރު ސާރވޭކުރުމާއިބެހޭ ކަންތައްތައް.

7- ފިހާރަތަކާ ހޮޓާތަކާ ރެސްޓޯރަންޓްތަކާ ކެފޭތަކާ ގެސްޓްހައުސްތަކާ ޢާންމު މާރުކޭޓްފަދަ ތަންތަން ޤާނޫނާ ގަވާއިދާ އެއްގޮތަށް ހުރޭތޯބެލުމާއި ގަވާއިދާ ޚިލާފަށް ހުރުމުން އިޞްލާޙީ ފިޔަވަޅުއަޅަންޖެހޭ ތަންތަނާއިމެދު އިޞްލާޙީ ފިޔަވަޅުއެޅުން.

8- މަސްމާރުކޭޓްފަދަ ކައުންސިލްގެ ބެލުމުގެދަށުން ޚިދުމަތްދޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާ ޕާކްފަދަ ޢާންމު ތަންތަނަށް ނަންދިނުމާ ނަން ބަދަލުކުރުންފަދަ ކަންތައްތައް.

9- އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީއާ ސަލާމަތީ ސެޓްފިކެޓާއި ލައިސަންސާއިބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި ހަމަޖެހިފައިވާ އުޞޫލާއިއެއްގޮތަށް ޓެސްޓް ދިނުމުގެކަންތައްތައްކުރުމާއި ބަލަހައްޓަންޖެހޭ ރިކޯޑުތައް ބެލެހެއްޓުން.

10- ރައްކާތެރިގޮތުގައި ކުނި ނައްތާލުމާއިބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

11- ދިރިއުޅުމަށާއި މިނޫންވެސް އެކި ބޭނުންތަކަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިގޯއްޗާ ބިންބިމާ ގުޅޭ މަގުތަކާ އެތަންތަނާ އިންވެގެންވާ ސަރަޙައްދުތައް ސާފުތާހިރުކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

12- ފެނާ ނަރުދަމާއާ ކަރަންޓްގެ ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތްދިނުމުގައި ރައްޔިތުންނަށް ދަތިވާކަންތައްތައް ބަލައި އެކަންތައްތަކާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަމާބެހޭ އެންމެހާ ކަންތައްތައް.

13- ވަކި ގޭބިސީގެ ގޮތުގައި ހިމެނޭ ފަރާތްތަކުގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

14- މަގުމަގާ ގޭގެއަށްކިޔާ ނަން ފާސްކުރުމާ ގޭގޭގައި ނަންބޯޑު ބެހެއްޓުމާބެހޭ ކަންތައްތައް.

15- ގޯތިގޯތީގެ އިމުން ބޭރުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމާ އެފަދަ ތަކެތި ބަހައްޓާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުއެޅުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި ތަމްރީނު

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި ތަޖުރިބާ

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

  • ލަސްވެގެން 2014 ނޮވެންބަރު މަހުގެ 15 ގެ ކުރިން ހިންނަވަރު ކައުންސިލް އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި.
  • 10 ފަރާތަށް ވުރެ ގިނަ ފަރާތުން ވަޒީފާއަށް ކުރިމަތިލާފައިވާނަމަ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލައި އެޗް.އާރު.އެމް.ޑީ ކޮމިޓީ ނުވަތަ އިންޓަރވިއު ޕެނަލްއިން ނަންތައް ސޯޓްލިސްޓްކޮށް ހޮވޭ 10 ފަރާތަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

26 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިންނަވަރު ކައުންސިލް އިދާރާއަށް

އުޖޫރައާއި އިނާޔަތްތައް:

ސިވިލް ސަރވިސް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ހިންނަވަރު ކައުންސިލް އިދާރާއިން ނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ސައިޓުން ލިބެން ހުންނާނެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6620301) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6620301) އެވެ.އީ މެއިލް ކުރައްވާނީ ([email protected]) އަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޛުލްޙިއްޖާ 1435

15 އޮކްޓޫބަރު 2014