މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިފުށި ކައުންސިލްގެ ޤުރްއާން މުބާރާތް 1444

                    އަލިފުށީ ކައުންސިލްގެ ޤުރުއާން މުބާރާތް 08 ސެޕްޓެންބަރު 2022 އިން 10 ސެޕްޓެންބަރު 2022 އަށް  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:30ގެ ކުރިން ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އޮންލައިންކޮށް އަދި ކައުންސިލް އިދާރާއަށް ހުށައެޅޭނެއެވެ. އޮންލައިންކޮށް ބައިވެރިވުމަށް ތިރީގައިވާ ލިންކް  އިން https://forms.gle/BGAHz8gNThBVmnMh8 ފޯމް ހުށަހެޅޭނެއެވެ. ކައުންސިލުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:30 އަށެވެ. އަދި ހޮނިހިރު ދުވަހު 9:00 އިން 12:00 އަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މި މުބާރާތުގެ ޤަވާއިދު އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އަލިފުށީ ކައުންސިލް އިދާރާއިންވެސް ލިބެންހުންނާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6580021 އަށް ގުޅުއްވުންއެދެމެވެ.

                    ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                    19 މުޙައްރަމު 1444

17 އޮގަސްޓް 2022
ހޯދާ