ދިވެހިރާއްޖެ
އަލިފުށީ ކައުންސިލްގެ ޤުރުއާން މުބާރާތް 08 ސެޕްޓެންބަރު 2022 އިން 10 ސެޕްޓެންބަރު 2022 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:30ގެ ކުރިން ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އޮންލައިންކޮށް އަދި ކައުންސިލް އިދާރާއަށް ހުށައެޅޭނެއެވެ. އޮންލައިންކޮށް ބައިވެރިވުމަށް ތިރީގައިވާ ލިންކް އިން https://forms.gle/BGAHz8gNThBVmnMh8 ފޯމް ހުށަހެޅޭނެއެވެ. ކައުންސިލުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:30 އަށެވެ. އަދި ހޮނިހިރު ދުވަހު 9:00 އިން 12:00 އަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މި މުބާރާތުގެ ޤަވާއިދު އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އަލިފުށީ ކައުންސިލް އިދާރާއިންވެސް ލިބެންހުންނާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6580021 އަށް ގުޅުއްވުންއެދެމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
19 މުޙައްރަމު 1444