ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަޝްރޫޢުގެ ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 05 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
މިމަޝްރޫޢުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 23 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. އަދި ޕްރީބިޑް ބައްދަލުވުން އޮންނާނީ 26 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. ބީލަން ހުޅުވުން އޮންނާނީ 30 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. މިކަމަށް ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
20 ޛުލްޙިއްޖާ 1435