ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 28-FA-1/1/2014/139
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 23 އޮކްޓޫބަރު 2014 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަޝްރޫޢުގެ ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 05 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

މިމަޝްރޫޢުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 23 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. އަދި ޕްރީބިޑް ބައްދަލުވުން އޮންނާނީ 26 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. ބީލަން ހުޅުވުން އޮންނާނީ 30 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގައެވެ. މިކަމަށް ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

20 ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014