ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސިވިލް ސަރވިސްއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކާ މެދު ޚިޔާލު ބަދަލުކުރުމަށާއި، ސިވިލް ސަރވިސްގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް ކޮމިޝަނުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޕަރމަނަންޓް ސެކްރެޓަރީންގެ އަހަރީ މަޝްވަރާ ބައްދަލުވުން 15-13 ނޮވެންބަރު 2014 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މަސައްކަތުގެ ތަފުސީލު
ބައްދަލުވުމުގެ 30 ބައިވެރީންގެ އެކޮމޮޑޭޝަން (ޓްވިން ޝެއަރިންގ) އާއި ދަތުރާއި ކެއުން ހަމަޖައްސައިދިނުމާއި ބައްދަލުވުން ބާއްވާ ތަނުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
ރިޓްރީޓް ބާއްވަން ބޭނުންވާ ތަން
ކަނޑުމަގުން 3 ގަޑިއިރަށް ވުރެ ދުރު ނޫން ރާސްތާއެއްގައިވާ މިފަދަ ބައްދަލުވުމެއް ބޭއްވޭ ފަދަ ވަސީލަތްތައް (ތަން، އަދި ޖަލްސާ ބޭއްވުމަށް ބޭނުންވާ އެކިއެކި ރިސޯސަސްތައް) ލިބެންހުރި އެކަށީގެންވާ މާހައުލެއް އޮތް ތަނެއް ނުވަތަ ރަށެއް.
އަންދާސީހިސާބުގައި ހިމަނަންޖެހޭ ބައިތައް
- އަގު:
- ފައިސާގެ ބާވަތް: (ދިވެހި ރުފިޔާއިން)
- ބިޑް ވެލިޑިޓީ: އަންދާސީހިސާބު ހުށަހަޅާ ދުވަހުން ފެށިގެން މަދުވެގެން 30 ދުވަސް
- ކުންފުނީގެ މަޢުލޫމާތު: ކޮމްޕެނީ ޕްރޮފައިލް، ކޮމްޕެނީ ރަޖިސްޓަރީގެ ކޮޕީ، ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ އަދި ގުޅޭނެ މަޢުލޫމާތުތައް.
މުހިންމު ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަން އަދި މަޢުލޫމާތުތައް ފުރިހަމަ ނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބިޑް އިވެލުއޭޓްކުރުމުގެ ޕްރޮސެސްގައި އަދި މިނޫން ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވެއެވެ.
އަންދާސީހިސާބުތައް އިވެލުއޭޓްކުރުމުގެ ކްރައިޓީރިއާ
o އަގު= 50 ޕޮއިންޓް {(އެންމެ ކުޑަ އަގު) / (ހުށަހެޅިއަގު) 50x}
o ވަސީލަތްތައް = 50 ޕޮއިންޓް
އަންދާސީހިސާބު ހުށަހެޅުން
މަތީގައިވާ ގޮތުގެ މަތީން މި ބައްދަލުވުން ބާއްވައިދިނުމަށް އެދޭ ފަރާތްތަކުން 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރީން ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3307314/3303647
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv