މަސައްކަތް
ނަންބަރު: 188-FM/IUL/2014/73
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 23 އޮކްޓޫބަރު 2014 12:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޕަރމަނަންޓް ސެކްރެޓަރީންގެ އަހަރީ މަޝްވަރާ ބައްދަލުވުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސިވިލް ސަރވިސްއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކާ މެދު ޚިޔާލު ބަދަލުކުރުމަށާއި، ސިވިލް ސަރވިސްގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް ކޮމިޝަނުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޕަރމަނަންޓް ސެކްރެޓަރީންގެ އަހަރީ މަޝްވަރާ ބައްދަލުވުން 15-13 ނޮވެންބަރު 2014 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މަސައްކަތުގެ ތަފުސީލު

ބައްދަލުވުމުގެ 30 ބައިވެރީންގެ އެކޮމޮޑޭޝަން (ޓްވިން ޝެއަރިންގ) އާއި ދަތުރާއި ކެއުން ހަމަޖައްސައިދިނުމާއި ބައްދަލުވުން ބާއްވާ ތަނުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން.

ރިޓްރީޓް ބާއްވަން ބޭނުންވާ ތަން

ކަނޑުމަގުން 3 ގަޑިއިރަށް ވުރެ ދުރު ނޫން ރާސްތާއެއްގައިވާ މިފަދަ ބައްދަލުވުމެއް ބޭއްވޭ ފަދަ ވަސީލަތްތައް (ތަން، އަދި ޖަލްސާ ބޭއްވުމަށް ބޭނުންވާ އެކިއެކި ރިސޯސަސްތައް) ލިބެންހުރި އެކަށީގެންވާ މާހައުލެއް އޮތް ތަނެއް ނުވަތަ ރަށެއް.

އަންދާސީހިސާބުގައި ހިމަނަންޖެހޭ ބައިތައް

  • އަގު:
  • ފައިސާގެ ބާވަތް: (ދިވެހި ރުފިޔާއިން)
  • ބިޑް ވެލިޑިޓީ: އަންދާސީހިސާބު ހުށަހަޅާ ދުވަހުން ފެށިގެން މަދުވެގެން 30 ދުވަސް
  • ކުންފުނީގެ މަޢުލޫމާތު: ކޮމްޕެނީ ޕްރޮފައިލް، ކޮމްޕެނީ ރަޖިސްޓަރީގެ ކޮޕީ، ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ އަދި ގުޅޭނެ މަޢުލޫމާތުތައް.

މުހިންމު ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަން އަދި މަޢުލޫމާތުތައް ފުރިހަމަ ނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބިޑް އިވެލުއޭޓްކުރުމުގެ ޕްރޮސެސްގައި އަދި މިނޫން ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވެއެވެ.

އަންދާސީހިސާބުތައް އިވެލުއޭޓްކުރުމުގެ ކްރައިޓީރިއާ

o  އަގު= 50 ޕޮއިންޓް {(އެންމެ ކުޑަ އަގު) / (ހުށަހެޅިއަގު) 50x}

ވަސީލަތްތައް = 50 ޕޮއިންޓް

އަންދާސީހިސާބު ހުށަހެޅުން

މަތީގައިވާ ގޮތުގެ މަތީން މި ބައްދަލުވުން ބާއްވައިދިނުމަށް އެދޭ ފަރާތްތަކުން 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރީން ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

  • ފޯން: 3307314/3303647
  • ފެކްސް: 3303648
  • އީމެއިލް: [email protected]
  • ވެބްސައިޓް: www.csc.gov.mv
13 އޮކްޓޫބަރު 2014