ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ހަތާލެބް ހިންގައިދޭނޭ ފަރާތެއް ބޭނުންވެއްޖެ

މި އިޢުލާންވަނީ 14 އޮގަސްޓް 2022 11:43 ގައި ބާތިލް ކުރެވިފައެވެ.


  1. މިސްކޫލްގައި ގާއިމްކުރެވިފައިވާ "ހަތާ ލެބް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)IM/1/2022/76 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާފައިނުވާތީ އެ އިއުލާން ބާތިލްކޮށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އަދި ސްކޫލުން ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.
  2. ޝަރުތު:
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްކަމުގައިވުން އަދި ބިޑް ހުށައަޅާއިރު ކިޔަވައިދިނުމުގެ ހުއްދަ ދީފައިވާ ތަންތަނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ.   
  • ކިޔަވައިދިނުމަށް ހުށައަޅާ ޕްރޮގްރާމް/ސިލަބަސް ބިޑާއިއެކު ހުށައަޅަންވާނެއެވެ.
  • ހުށައަޅާ ޕްރޮގްރާމް/ސިލަބަސް ކިޔަވައިދިނުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ދީފައިވާ ހުއްދަ ބިޑާއިއެކު ހުށައަޅަންވާނެއެވެ.
  • ހަތާލެބް ކުއްޔަށް ދެވޭނީ ފަސްއަހަރުގެ މުއްދަތަށެވެ. މިމުއްދަތުގެ ތެރޭގައި މަސައްކަތް ކުރިއަށް ގެންދެވޭގޮތާއި ފެންވަރު ވަޒަންކުރުމުގެގޮތުން 2 ރިވިއުއެއް ކުރިއަށް ގެންދެވޭނެއެވެ.
  • މިމަސައްކަތާ ހަވާލުވާ ފަރާތުން ސްކޫލްގެ ސަރވަރގެ ޓެކްނިކަލް ކަންކަން ބަލަހައްޓައިދޭންވާނެއެވެ.
  • ހަތާލެބްގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު ސްކޫލަށް ދެވޭނެ އަދަދު ބިޑް ހުށައަޅާއިރު ހިމެނިފައި އޮންނަންވާނެއެވެ. 
  • ސްކޫލަށް ބޭނުންވާ ސޮފްޓްވެއަރ ތައްޔާރުކޮށްދިނުމާއި އައި.ސީ.ޓީ ގެ ދާއިރާއިން ފަންނީ ލަފާދިނުމާއި ދިމާވާ މައްސަލަތައް ހައްލުކޮށްދޭންވާނެއެވެ.
  1. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމާގުޅޭ މައުލޫމާތު ދިނުން އޮންނާނީ 14 އޯގަސްޓް 2022 ވަނަ ދުވަހުގެ ހެނދުނު 11.30 ގައި އިމާދުއްދީން ސްކޫލްގައެވެ. ބީލަން ހުށައެޅޭނީ މައުލޫމަތު ދިނުމުގެ ސެޝަންއަށް ވަޑައިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 21 އޯގަސްޓް 2022ވަނަދުވަހުގެ  ހެނދުނު 10.00 ގައި ޢިމާދުއްދީން ސުކޫލުގައެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 އޯގަސްޓް 2022ވަނަދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޢިމާދުއްދީން ސްކޫލް

ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

ފޯން: , 33157633315759

އީ-މެއިލް: [email protected]

11 އޮގަސްޓް 2022
ހޯދާ