މަސައްކަތް
ނަންބަރު: (IUL)IM/1/2022/78
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:17
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހަތާލެބް ހިންގައިދޭނޭ ފަރާތެއް ބޭނުންވެއްޖެ
މި އިޢުލާންވަނީ 14 އޮގަސްޓް 2022 11:43 ގައި ބާތިލް ކުރެވިފައެވެ.
- މިސްކޫލްގައި ގާއިމްކުރެވިފައިވާ "ހަތާ ލެބް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)IM/1/2022/76 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާފައިނުވާތީ އެ އިއުލާން ބާތިލްކޮށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އަދި ސްކޫލުން ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.
- ޝަރުތު:
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްކަމުގައިވުން އަދި ބިޑް ހުށައަޅާއިރު ކިޔަވައިދިނުމުގެ ހުއްދަ ދީފައިވާ ތަންތަނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
- ކިޔަވައިދިނުމަށް ހުށައަޅާ ޕްރޮގްރާމް/ސިލަބަސް ބިޑާއިއެކު ހުށައަޅަންވާނެއެވެ.
- ހުށައަޅާ ޕްރޮގްރާމް/ސިލަބަސް ކިޔަވައިދިނުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ދީފައިވާ ހުއްދަ ބިޑާއިއެކު ހުށައަޅަންވާނެއެވެ.
- ހަތާލެބް ކުއްޔަށް ދެވޭނީ ފަސްއަހަރުގެ މުއްދަތަށެވެ. މިމުއްދަތުގެ ތެރޭގައި މަސައްކަތް ކުރިއަށް ގެންދެވޭގޮތާއި ފެންވަރު ވަޒަންކުރުމުގެގޮތުން 2 ރިވިއުއެއް ކުރިއަށް ގެންދެވޭނެއެވެ.
- މިމަސައްކަތާ ހަވާލުވާ ފަރާތުން ސްކޫލްގެ ސަރވަރގެ ޓެކްނިކަލް ކަންކަން ބަލަހައްޓައިދޭންވާނެއެވެ.
- ހަތާލެބްގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު ސްކޫލަށް ދެވޭނެ އަދަދު ބިޑް ހުށައަޅާއިރު ހިމެނިފައި އޮންނަންވާނެއެވެ.
- ސްކޫލަށް ބޭނުންވާ ސޮފްޓްވެއަރ ތައްޔާރުކޮށްދިނުމާއި އައި.ސީ.ޓީ ގެ ދާއިރާއިން ފަންނީ ލަފާދިނުމާއި ދިމާވާ މައްސަލަތައް ހައްލުކޮށްދޭންވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމާގުޅޭ މައުލޫމާތު ދިނުން އޮންނާނީ 14 އޯގަސްޓް 2022 ވަނަ ދުވަހުގެ ހެނދުނު 11.30 ގައި އިމާދުއްދީން ސްކޫލްގައެވެ. ބީލަން ހުށައެޅޭނީ މައުލޫމަތު ދިނުމުގެ ސެޝަންއަށް ވަޑައިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 21 އޯގަސްޓް 2022ވަނަދުވަހުގެ ހެނދުނު 10.00 ގައި ޢިމާދުއްދީން ސުކޫލުގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 އޯގަސްޓް 2022ވަނަދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: , 33157633315759
އީ-މެއިލް: [email protected]
11 އޮގަސްޓް 2022