ދިވެހިރާއްޖެ
ކޮކަނަޓް ހިސްޕިޑް ބީޓްލްއަކީ ދިވެހިރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގެ ރުއްތަކަށް ވަރަށް ހަލުވިމިނެއްގައި ގެއްލުންދެމުންދާ ނުރައްކާތެރި ޕެސްޓެކެވެ. މިމަޑި ކޮންޓްރޯލްކުރުމަށްޓަކައި ބޭނުންކުރެވިދާނެ ބަޔޯކޮންޓްރޯލެއްކަމުގައިވާ " މެޓަރޭޒިއަމް އެނެސޮޕްލިއޭ" މިކައުންސިލަށް ވަނީ ލިބިފައިއެވެ. "މެޓަރޭޒިއަމް އެނެސޮޕްލިއޭ" އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ވަރަށް ގިނަވައްތަރުގެ ޕެސްޓް ކޮންޓްރޯލްކުރުމަށް ގެންގުޅޭ ބަޔޯކޮންޓްރޯލްއެކެވެ. މިގޮތުން މިބަޔޯކޮންޓްރޯލްގެ އަސަރުކުރާ މަޑީގެ ހަށިގަނޑުގައި ފޫ ޖެހުމާއި އެކު ކެއުމާއި ދަރިމައިވުމުގެ ނިޒާމް ބަދަލުގެނެސް މަޑީގެ އާބާދީ މަދުކުރުމެވެ.
ވީމާ، މިބަޔޯކޮންޓްރޯލް ބޭނުންފުޅުވެލައްވާ ބޭފުޅުން 11 އޮގަސްޓް 2022 ވަނަ ދުވަހުގެ ކުރިން ތީރީގައިވާ ގޫގުމްފޯމް މެދުވެރިކޮށް ނުވަތަ މިއިދާރާގެ ނަންބަރ ފޯނަށް 6528831 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން 9:30 އަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މިބަޔޯކޮންޓްރޯލް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ގޭބީސީއަކަށް 250ml އެވެ.
ގޫގުލް ފޯމް ލިންކް: https://docs.google.com/forms/d/e/1FAIpQLScgq86HYurzUyzGwNtOm7fapw7aqwj4DF1CPepLf5CsOp_mVQ/viewform