ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2022/117
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 11 އޮގަސްޓް 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮކަނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުން

 ކޮކަނަޓް ހިސްޕިޑް ބީޓްލްއަކީ ދިވެހިރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގެ ރުއްތަކަށް ވަރަށް ހަލުވިމިނެއްގައި ގެއްލުންދެމުންދާ ނުރައްކާތެރި ޕެސްޓެކެވެ. މިމަޑި ކޮންޓްރޯލްކުރުމަށްޓަކައި ބޭނުންކުރެވިދާނެ ބަޔޯކޮންޓްރޯލެއްކަމުގައިވާ " މެޓަރޭޒިއަމް އެނެސޮޕްލިއޭ" މިކައުންސިލަށް ވަނީ ލިބިފައިއެވެ. "މެޓަރޭޒިއަމް އެނެސޮޕްލިއޭ" އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ވަރަށް ގިނަވައްތަރުގެ ޕެސްޓް ކޮންޓްރޯލްކުރުމަށް ގެންގުޅޭ ބަޔޯކޮންޓްރޯލްއެކެވެ.  މިގޮތުން މިބަޔޯކޮންޓްރޯލްގެ އަސަރުކުރާ މަޑީގެ ހަށިގަނޑުގައި ފޫ ޖެހުމާއި އެކު ކެއުމާއި ދަރިމައިވުމުގެ ނިޒާމް ބަދަލުގެނެސް މަޑީގެ އާބާދީ މަދުކުރުމެވެ.

ވީމާ، މިބަޔޯކޮންޓްރޯލް ބޭނުންފުޅުވެލައްވާ ބޭފުޅުން 11 އޮގަސްޓް 2022 ވަނަ ދުވަހުގެ ކުރިން ތީރީގައިވާ ގޫގުމްފޯމް މެދުވެރިކޮށް ނުވަތަ މިއިދާރާގެ ނަންބަރ ފޯނަށް 6528831 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން 9:30 އަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މިބަޔޯކޮންޓްރޯލް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ގޭބީސީއަކަށް  250ml އެވެ.

ގޫގުލް ފޯމް ލިންކް: https://docs.google.com/forms/d/e/1FAIpQLScgq86HYurzUyzGwNtOm7fapw7aqwj4DF1CPepLf5CsOp_mVQ/viewform

04 އޮގަސްޓް 2022