ދިވެހިރާއްޖެ
ސައުންޑް ސިސްޓަމެއް ގަތުމަށް ބޭނުންވެއްޖެ
މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/1/2014/178) އިޢުލާނުގައިވާ މެޝިނަރީގެ ތެރެއިން ލޮޓް 02 ގައިވާ ސައުންޑް ސިސްޓަމަށް ހުށަހަޅާފައިވާ ބިޑްގެ ސްޕެސިފިކޭޝަން ދިމާނުވާތީ، އަލުން އިޢުލާން ކުރީމެވެ.
01 ސައުންޑް ސިސްޓަމް
ވީމާ، މި ސައުންޑް ސިސްޓަމް ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
16 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހުގެ 10:00 އަށް |
20 އޮކްޓޫބަރު 2014 (ހޯމަ) ދުވަހުގެ 10:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
08 ޛުލްހިއްޖާ 1435