ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2014/204
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 16 އޮކްޓޫބަރު 2014 10:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމެއް ގަތުމަށް

ސައުންޑް ސިސްޓަމެއް ގަތުމަށް ބޭނުންވެއްޖެ

މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/1/2014/178) އިޢުލާނުގައިވާ މެޝިނަރީގެ ތެރެއިން ލޮޓް 02 ގައިވާ ސައުންޑް ސިސްޓަމަށް ހުށަހަޅާފައިވާ ބިޑްގެ ސްޕެސިފިކޭޝަން ދިމާނުވާތީ، އަލުން އިޢުލާން ކުރީމެވެ.

01 ސައުންޑް ސިސްޓަމް

ވީމާ، މި ސައުންޑް ސިސްޓަމް ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

16 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހުގެ 10:00 އަށް

20 އޮކްޓޫބަރު 2014 (ހޯމަ) ދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

08 ޛުލްހިއްޖާ 1435

02 އޮކްޓޫބަރު 2014