ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ކައުންސިލް ކަޕް 5 ވަނަ ފުޓްބޯޅަ މުބާރާތް

ހއ ދިއްދޫ "ކައުންސިލް ކަޕް 5 ވަނަ މުބާރާތުގައި  ބައިވެރިވެލައްވަން ބޭނުންފުޅުވާ ޓީމުތަކުން ، މި މުބާރާތުގައި ބައިވެރިވުމަށް ޓީމު ރަޖިސްޓްރީކުރާ ފޯމް ހުށަހެޅުއްވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޓީމް ރަޖިސްޓްރާކުރާ ފޯމް ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 2022 އޯގަސްޓް 10 ވާ ބުދަ ދުވަހުގެ 1:00 އެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީވުމަށް އެދޭފޯމު ފުރުއްވުމަށްފަހު 22 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 1:00ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 28 އޯގަސްޓް 2022 ގައެވެ. މުބާރާތުގެ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، މި ކައުންސިލުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

03 އޮގަސްޓް 2022
ހޯދާ