މުބާރާތް
ނަންބަރު: (IUL)251-MS/251/2022/83
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި:
10 އޮގަސްޓް 2022 01:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. ދިއްދޫ ކައުންސިލް ކަޕް 5 ވަނަ ފުޓްބޯޅަ މުބާރާތް
ހއ ދިއްދޫ "ކައުންސިލް ކަޕް 5 ވަނަ މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ޓީމުތަކުން ، މި މުބާރާތުގައި ބައިވެރިވުމަށް ޓީމު ރަޖިސްޓްރީކުރާ ފޯމް ހުށަހެޅުއްވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޓީމް ރަޖިސްޓްރާކުރާ ފޯމް ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 2022 އޯގަސްޓް 10 ވާ ބުދަ ދުވަހުގެ 1:00 އެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީވުމަށް އެދޭފޯމު ފުރުއްވުމަށްފަހު 22 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 1:00ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 28 އޯގަސްޓް 2022 ގައެވެ. މުބާރާތުގެ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، މި ކައުންސިލުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.
03 އޮގަސްޓް 2022