ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާގައި ކުނިމެނޭޖް ކުރުމަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ހއ. ކެލާގައި ކުނިމެނޭޖް ކުރުމަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް  ހޯދުމާއި ގުޅޭ

        ކެލާގައި އުފެދޭކުނި މެނޭޖްކުރުމަށް 2.5 ޓަނު ނުވަތަ އެއަށްވުރެ ބޮޑު ޕިކަޕެއް ކެލާ ކައުންސިލަށް ސަޕްލައި ކޮށްދޭނެ

ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ : (IUL)249-A/249/2021/79 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.  

ވީމާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު

ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

14 އޮގަސްޓް 2022

އާދީއްތަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

24 އޮގަސްޓް 2022

ބުދަ

13:00

 

              މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް،

އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު

-          ވެހިކަލްގެ ކަންޑިޝަން

-          ވޮރަންޓީގެ މުއްދަތު

-          ރަޖިޝްޓްރޭޝަން ނިންމައި ވެހިކަލް ކައުންސިލާއި ހަވާލު ކުރާނެ މުއްދަތު

 

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮގަސްޓް 2022  އިން 13 އޮގަސްޓް 2022 އަށް  ބަންދުނޫން ކޮންމެ ދުވަހަކު

09:00 އިން 13:30 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމާއި އަދި ކައުންސިލްގެ މެއިލް އެޑްރެސް: [email protected]

ނުވަތަ ވައިބަރ ނަންބަރ  9650027އަށް (ރަޖިސްޓްރީ ވާފަރާތުގެ ނަން، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް) މެސެޖް ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

03 އޮގަސްޓް 2022
ހޯދާ