ދިވެހިރާއްޖެ
އިޢުލާން
ހއ. ކެލާގައި ކުނިމެނޭޖް ކުރުމަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ކެލާގައި އުފެދޭކުނި މެނޭޖްކުރުމަށް 2.5 ޓަނު ނުވަތަ އެއަށްވުރެ ބޮޑު ޕިކަޕެއް ކެލާ ކައުންސިލަށް ސަޕްލައި ކޮށްދޭނެ
ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ : (IUL)249-A/249/2021/79 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު
ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން |
14 އޮގަސްޓް 2022 |
އާދީއްތަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
24 އޮގަސްޓް 2022 |
ބުދަ |
13:00 |
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް،
އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު
- ވެހިކަލްގެ ކަންޑިޝަން
- ވޮރަންޓީގެ މުއްދަތު
- ރަޖިޝްޓްރޭޝަން ނިންމައި ވެހިކަލް ކައުންސިލާއި ހަވާލު ކުރާނެ މުއްދަތު
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮގަސްޓް 2022 އިން 13 އޮގަސްޓް 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު
09:00 އިން 13:30 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމާއި އަދި ކައުންސިލްގެ މެއިލް އެޑްރެސް: [email protected]
ނުވަތަ ވައިބަރ ނަންބަރ 9650027އަށް (ރަޖިސްޓްރީ ވާފަރާތުގެ ނަން، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް) މެސެޖް ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.