ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
މަޤާމު: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
ބޭނުންވާ އަދަދު : |
01 (އެކެއް) |
ކްލެސިފިކޭޝަން: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
ރޭންކް: |
އެލް.އެސް 2 |
އަސާސީ މުސާރަ: |
9412.00 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން |
ފެމިލީކޯޓު / ޝަރީޢަތްކުރުމާ ބެހޭ ބައި |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް 3000.00 ރުފިޔާ، - ޖުޑީޝަލް އެލަވަންސް މުސާރައިގެ %55، - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
އަސާސީ ޝަރުޠު: |
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުންް. |
މަސްއޫލިއްޔަތު: |
- ކޭސް މެނޭޖްމެންޓް ސުޕަވައިޒު ކުރުން. - ހާޒިރުކުރެވޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާތޯ ބަލައި އެކަން ކަށަވަރުކުރުން. - ބަޔާންތައް މަޙުޟަރު ކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުން. - މައްސަލައާ ގުޅިގެން އަންނަ ލިޔުންތައް މައްސަލައިގެ ފައިލުގެ ތެރެއަށް ލެވިފައިވޭތޯ ބަލައި ކަށަވަރުކުރުން. - މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅިފައިވޭތޯ ބަލައި ކަށަވަރުކުރުން. - ސެކްޝަނުގައި ކުރަން ހުންނަ އެހެނިހެން އިދާރީ ކަންތައްތައް ކުރެވިފައި ހުރިތޯ ބަލައި ކަށަވަރުކުރުން. - ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ތައްޔާރު ކުރުން. - ޤާޟީންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. - ކޯޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޯޓަށް އެހީތެރިވުން. - ސެކްޝަންގައި ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ފެންވަރު ބެލުން. - މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެން ނަމަވެސް ހާލަތު ނިޔާކުރާ ގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް: |
- އެހެން މީހުނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު - ލިީޑަރޝިޕް، ޓީމް ވޯކް، އަދި މައްސަލަ ހައްލު ކުރުމުގެ ޤާބިލުކަން ހުރި މިންވަރު. - ދިވެހި އަދި އިނގިރޭސީ ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު. - އެޓިޓިއުޑް އަދި އިންޓަރޕާސަނަލް ސްކިލްސް. - ޝަރުޢީ ރިޕޯޓު ލިޔުމުގެ ހުނަރު. - އިންފޮމޭޝަން ޓެކްނޮލޮޖީ އަށް އަހުލުވެރިވެފައިވާ މިންވަރު. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުންނާއި މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ލިބެން ހުންނާނެއެވެ.) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި ފުރިހަމަ ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ފުރިހަމަކޮށްފައިވާ ތަމްރީނު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި، އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓުފިކެޓެއް ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ އެކްރެޑިޓުކޮށް ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީއެވެ. (މިފަދަ ލިޔުންތަކުގެ އެކަޑަމިކް ޓްރާންސްކްރިޕްޓުތަކުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ). - މަސައްކަތުގެ ތަޖުރިބާ (ވަޒީފާ އަދާކޮށްފައިވާ މުއްދަތާއި ވަޒީފާގެ ރޭންކް އަދި ކޮށްފައިވާ މަސައްކަތުގެ ތަފްސީލު) ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން. - ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ސުންގަޑި: |
16 އޮކްޓޫބަރު 2014 ގެ 14:30 ގެ ކުރިން |
އިތުރު މަޢުލޫމާތު: |
- މި ދާއިރާގެ ތަޖުރިބާ ހުރި މީހުންނަށް އިސްކަންދެވޭނެއެވެ. - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަވިއު ޕެނަލްގައި މި މަޤާމުގެ ވާޖިބުތައް އާދަކޮށް ދެވޭނެކަން ސާބިތުކޮށް ދިނުމުންނެވެ. - ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލްއިން ކަނޑައަޅާ އަދަދަކަށް އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. |