ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2014/171
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 16 އޮކްޓޫބަރު 2014 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު:

އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު :

01 (އެކެއް)

ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް:

އެލް.އެސް 2

އަސާސީ މުސާރަ:

9412.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން

ފެމިލީކޯޓު / ޝަރީޢަތްކުރުމާ ބެހޭ ބައި

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް 3000.00 ރުފިޔާ،

- ޖުޑީޝަލް އެލަވަންސް މުސާރައިގެ %55،

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުންް.

މަސްއޫލިއްޔަތު:

- ކޭސް މެނޭޖްމެންޓް ސުޕަވައިޒު ކުރުން.

- ހާޒިރުކުރެވޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާތޯ ބަލައި އެކަން ކަށަވަރުކުރުން.

- ބަޔާންތައް މަޙުޟަރު ކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުން.

- މައްސަލައާ ގުޅިގެން އަންނަ ލިޔުންތައް މައްސަލައިގެ ފައިލުގެ ތެރެއަށް ލެވިފައިވޭތޯ ބަލައި ކަށަވަރުކުރުން.

- މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅިފައިވޭތޯ ބަލައި ކަށަވަރުކުރުން.

- ސެކްޝަނުގައި ކުރަން ހުންނަ އެހެނިހެން އިދާރީ ކަންތައްތައް ކުރެވިފައި ހުރިތޯ ބަލައި ކަށަވަރުކުރުން.

- ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ތައްޔާރު ކުރުން.

- ޤާޟީންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

- ކޯޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޯޓަށް އެހީތެރިވުން.

- ސެކްޝަންގައި ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ފެންވަރު ބެލުން.

- މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެން ނަމަވެސް ހާލަތު ނިޔާކުރާ ގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

- އެހެން މީހުނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު

- ލިީޑަރޝިޕް، ޓީމް ވޯކް، އަދި މައްސަލަ ހައްލު ކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ދިވެހި އަދި އިނގިރޭސީ ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު.

- އެޓިޓިއުޑް އަދި އިންޓަރޕާސަނަލް ސްކިލްސް.

- ޝަރުޢީ ރިޕޯޓު ލިޔުމުގެ ހުނަރު.

- އިންފޮމޭޝަން ޓެކްނޮލޮޖީ އަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުންނާއި މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި ފުރިހަމަ ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ފުރިހަމަކޮށްފައިވާ ތަމްރީނު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި، އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓުފިކެޓެއް ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ އެކްރެޑިޓުކޮށް ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީއެވެ. (މިފަދަ ލިޔުންތަކުގެ އެކަޑަމިކް ޓްރާންސްކްރިޕްޓުތަކުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ).

- މަސައްކަތުގެ ތަޖުރިބާ (ވަޒީފާ އަދާކޮށްފައިވާ މުއްދަތާއި ވަޒީފާގެ ރޭންކް އަދި ކޮށްފައިވާ މަސައްކަތުގެ ތަފްސީލު) ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

- ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

16 އޮކްޓޫބަރު 2014 ގެ 14:30 ގެ ކުރިން

އިތުރު މަޢުލޫމާތު:

- މި ދާއިރާގެ ތަޖުރިބާ ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަވިއު ޕެނަލްގައި މި މަޤާމުގެ ވާޖިބުތައް އާދަކޮށް ދެވޭނެކަން ސާބިތުކޮށް ދިނުމުންނެވެ.

- ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލްއިން ކަނޑައަޅާ އަދަދަކަށް އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

02 އޮކްޓޫބަރު 2014