ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މަސައްކަތު (ދާއިމީ)

މަޤާމު: މަސައްކަތު (ދާއިމީ)

ބޭނުންވާ އަދަދު: 01

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގރ 1

ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓް

  • ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުއިން ސާބިތުކޮށްދިނުން
  • މަޤާމުގެ އަސާސީ މުސާރަ: -/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)
  • ސާރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %30

މަޤާމުގެ މައިގަނޑު މަސައްކަތް

- ކޯޓާއި ކޯޓު ހިމެނޭ ސަރަޙައްދު ފޮޅައި ސާފުކުރުން

- ކޯޓުން އުކާލަންޖެހޭ ކުނިއުކާލުން

- ފާޚާނާތަކާއި، ސައިކޮޓަރި ފަދަ ތަންތަން ސާފުކުރުން

- ކޯޓުން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކުރުމުގެ މަސައްކަތް ކުރުން

- ކޯޓުން އެކި ރަށްރަށަށް ފޮނުވާ ތަކެތި ޕާރސަލްކޮށް ބޯޓުތަކަށް ގެންގޮސް އެތަކެތި ފޮނުވުމުގެ މަސައްކަތް ކުރުން

- ޑިޕާޓްމަންޓުންނާއި އެކި ރަށްރަށުން ކޯޓަށް ފޮނުވާ ތަކެތި ބޯޓުން ބާލައި ކޯޓަށް ގެނައުން

- އިދާރީ ގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން

- މިނޫންވެސް، ކޯޓުން އަންގާ ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން

ހުށަހަޅަންޖެހޭ މަޢުލޫމާތު

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މާމެންދޫ މެޖިސްޓްރޭޓު ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (އެކްރިޑެޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް

މި މަޤާމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން މަތީގައިވާ ލިޔުންތައް 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30ގެ ކުރިން ގއ.މާމެންދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

09 އޮކްޓޫބަރު 2014
ހޯދާ