ދިވެހިރާއްޖެ
މަޤާމު: މަސައްކަތު (ދާއިމީ) |
ބޭނުންވާ އަދަދު: 01 |
ރޭންކް: އެސް.އެސް 1 |
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގރ 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓް |
- ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުއިން ސާބިތުކޮށްދިނުން
- މަޤާމުގެ އަސާސީ މުސާރަ: -/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)
- ސާރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %30
މަޤާމުގެ މައިގަނޑު މަސައްކަތް
- ކޯޓާއި ކޯޓު ހިމެނޭ ސަރަޙައްދު ފޮޅައި ސާފުކުރުން
- ކޯޓުން އުކާލަންޖެހޭ ކުނިއުކާލުން
- ފާޚާނާތަކާއި، ސައިކޮޓަރި ފަދަ ތަންތަން ސާފުކުރުން
- ކޯޓުން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކުރުމުގެ މަސައްކަތް ކުރުން
- ކޯޓުން އެކި ރަށްރަށަށް ފޮނުވާ ތަކެތި ޕާރސަލްކޮށް ބޯޓުތަކަށް ގެންގޮސް އެތަކެތި ފޮނުވުމުގެ މަސައްކަތް ކުރުން
- ޑިޕާޓްމަންޓުންނާއި އެކި ރަށްރަށުން ކޯޓަށް ފޮނުވާ ތަކެތި ބޯޓުން ބާލައި ކޯޓަށް ގެނައުން
- އިދާރީ ގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން
- މިނޫންވެސް، ކޯޓުން އަންގާ ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން
ހުށަހަޅަންޖެހޭ މަޢުލޫމާތު
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މާމެންދޫ މެޖިސްޓްރޭޓު ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (އެކްރިޑެޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
މި މަޤާމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން މަތީގައިވާ ލިޔުންތައް 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30ގެ ކުރިން ގއ.މާމެންދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.