ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2022/34 |
ތާރީޚް |
04 މުޙައްރަމް 1444 |
|
02 އޮގަސްޓް 2022 |
ހިނަވާގެ ބޭނުންކުރަން ފެށުން
މިރަށުގައި ނިޔާވާ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންކަން ޒަމާނުއްސުރެ ކުރަމުން އަންނަނީ ނިޔާވާފަރާތުގެ ގޭގައި ކަމަށްވީނަމަވެސް މިހާރު ރާއްޖޭގެ ގިނަރައްތަކުގައި މައްޔިތާގެ ކަށުކަމާކެމީގެ ކަންކަން ކުރަމުންދަނީ އެރަށެއްގައި އިމާރާތްކޮށްފައިވާ ހިނަވާގޭގައި ކަމަށްވުމުން މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވަނީ ނިޔާވާ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންކަން ކުރުމަށްޓަކައި،ޒަމާނާއެކަށީގެންވާ ހިނަވާގެއެއް އަޅާ،ކަށުކަމާކެމީގެ އެންމެހައި ކަންކަން އެތަނުން ކުރެވޭގޮތް ހަދާފައެވެ.
ވީމާ،01 އޯގަސްޓް 2022 ވަނަ ދުވަހުން ފެށިގެން ނިޔާވާ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންކަން ކުރަންވާނީ މަސްޖިދުލް އިބްރާހިމް އިސްމާޢީލްގެ ގޯތިތެރޭގައި ޢިމާރާތްކޮށްފައިވާ ހިނަވާގޭގައި ކަމުގައި ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް