ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)421/421/2022/34
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 10 އޮގަސްޓް 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ ބޭނުންކުރަން ފެށުން

 

 

އިޢުލާން

ނަންބަރ:

 (IUL)421/421/2022/34

ތާރީޚް

‏ 04 މުޙައްރަމް 1444

 02 އޮގަސްޓް 2022

 

ހިނަވާގެ ބޭނުންކުރަން ފެށުން

 

           މިރަށުގައި ނިޔާވާ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންކަން ޒަމާނުއްސުރެ ކުރަމުން އަންނަނީ ނިޔާވާފަރާތުގެ ގޭގައި ކަމަށްވީނަމަވެސް މިހާރު ރާއްޖޭގެ ގިނަރައްތަކުގައި މައްޔިތާގެ ކަށުކަމާކެމީގެ ކަންކަން ކުރަމުންދަނީ އެރަށެއްގައި އިމާރާތްކޮށްފައިވާ ހިނަވާގޭގައި ކަމަށްވުމުން މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވަނީ ނިޔާވާ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންކަން  ކުރުމަށްޓަކައި،ޒަމާނާއެކަށީގެންވާ ހިނަވާގެއެއް އަޅާ،ކަށުކަމާކެމީގެ އެންމެހައި ކަންކަން އެތަނުން ކުރެވޭގޮތް ހަދާފައެވެ.  

           ވީމާ،01 އޯގަސްޓް 2022 ވަނަ ދުވަހުން ފެށިގެން ނިޔާވާ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންކަން ކުރަންވާނީ މަސްޖިދުލް އިބްރާހިމް އިސްމާޢީލްގެ ގޯތިތެރޭގައި ޢިމާރާތްކޮށްފައިވާ ހިނަވާގޭގައި ކަމުގައި ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

 

                                                 ޙަސަން ޢަބްދުﷲ

                                                ކައުންސިލްގެ ރައީސް

02 އޮގަސްޓް 2022