މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭން އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

ހުޅުމާލޭގެ އިރުމަތީފަރާތު އަތިރިމަތީ މަގުން ނުވަތަ މައި މަގުން (ނިރޮޅު މަގު) 500-600 އަކަފޫޓާ ދެމެދުގެ ޢިމާރާތެއް ގްރައުންޑް ފްލޯރއިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިކުންފުނީގެ ހުޅުމާލެ ޕޯސްޓް އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް/ މާލެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 15:00ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން ކޮށްފައިވާ ނަންބަރު ADM-MPL/2014/131ފ(18 ސެޕްޓެންބަރު 2014) ގެ އިޢުލާން ބާޠިލުކޮށްފީމެވެ.

އިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ހުޅުމާލެ

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާބެހޭ ތަފުސީލު

  • އިމާރާތުގެ ބޮޑުމިން ބަޔާންކުރުން (އަކަފޫޓު)
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
  • އިމާރާތް ހުރި ސަރަޙައްދު ބަޔާންކުރުން
  • އިމާރާތުގެ ކުލި
  • ޢިމާރާތް ކުއްޔަށް ދޭ މުއްދަތު

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

  • ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން.
  • ފޯންލައިން އަޅާފައި ހުރުން.
  • ފާޚާނާ ހުރުން.
  • ޢިމާރާތުގެ ސަލާމަތީ ފެންވަރު ބަޔާންކުރުން
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށްވާތީ ޢިމާރާތުގެ ޚިދުމަތް ދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު، ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން

މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.

  • އަގު: %50 (ހުށަހަޅާ އެންމެ ކުޑަ އަގު / ހުށަހެޅި އަގު 50x )
  • ކުއްޔަށްދޭ މުއްދަތު: 30 (ހުށަހަޅާ އެންމެ ދިގު މުއްދަތު / ހުށަހެޅި މުއްދަތު 30x )
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %20

14 ޛުލްޙިއްޖާ 1435

08 އޮކްޓޫބަރު 2014
ހޯދާ