ދިވެހިރާއްޖެ
ހުޅުމާލޭގެ އިރުމަތީފަރާތު އަތިރިމަތީ މަގުން ނުވަތަ މައި މަގުން (ނިރޮޅު މަގު) 500-600 އަކަފޫޓާ ދެމެދުގެ ޢިމާރާތެއް ގްރައުންޑް ފްލޯރއިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިކުންފުނީގެ ހުޅުމާލެ ޕޯސްޓް އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް/ މާލެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 15:00ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން ކޮށްފައިވާ ނަންބަރު ADM-MPL/2014/131ފ(18 ސެޕްޓެންބަރު 2014) ގެ އިޢުލާން ބާޠިލުކޮށްފީމެވެ.
އިމާރާތް ހޯދަން ބޭނުންވާ ރަށް:
- ހުޅުމާލެ
ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާބެހޭ ތަފުސީލު
- އިމާރާތުގެ ބޮޑުމިން ބަޔާންކުރުން (އަކަފޫޓު)
- ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
- އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
- އިމާރާތް ހުރި ސަރަޙައްދު ބަޔާންކުރުން
- އިމާރާތުގެ ކުލި
- ޢިމާރާތް ކުއްޔަށް ދޭ މުއްދަތު
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް
- ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން.
- ފޯންލައިން އަޅާފައި ހުރުން.
- ފާޚާނާ ހުރުން.
- ޢިމާރާތުގެ ސަލާމަތީ ފެންވަރު ބަޔާންކުރުން
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށްވާތީ ޢިމާރާތުގެ ޚިދުމަތް ދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު، ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން
މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- އަގު: %50 (ހުށަހަޅާ އެންމެ ކުޑަ އަގު / ހުށަހެޅި އަގު 50x )
- ކުއްޔަށްދޭ މުއްދަތު: 30 (ހުށަހަޅާ އެންމެ ދިގު މުއްދަތު / ހުށަހެޅި މުއްދަތު 30x )
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %20
14 ޛުލްޙިއްޖާ 1435