ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކާޕެޓް ވިއްކާނެ ފަރާތެއް ހޯދުމަށް

ހައިކޯޓަށް ކާޕެޓް ވިއްކާނެ ފަރާތެއް ހޯދުމަށް އެދި

މިކޯޓުގެ ނަންބަރު އިޢުލާން IUL)95-PM/1/2014/15) އަދި IUL)95-PM/1/2014/16) ބާޠިލުވުމާ ގުޅިގެން މިކަމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، ކާޕެޓް ސަޕްލައިކޮށް ދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާނަމަ، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިކޯޓުގެ މީޓިންގރޫމް 1 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

14 އޮކްޓޫބަރު 2014

އަންގާރަ

10:00

އަންދާސީހިސާބު ހުށަހެޅުން

20 އޮކްޓޫބަރު 2014

ހޯމަ

11:00

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނޯނެ ވާހަކަ ދެންނެވީމެވެ. މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/bid_info._sheet_(carpet)_19(1).pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

07 ޛުލްޙިއްޖާ 1435

01 އޮކްޓޫބަރު 2014
ހޯދާ